ads
ފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ވަނީ ކޮމިޝަންކޮށްފައި - ފޮޓޯ:އެމްޑަބްލިއުއެސްސީ
ފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމައިފި
މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނ. ފޮއްދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފިއެވެ.

ފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ޕްލޭނިން މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަދި އެމްޑަބްލިއުއެސްސީގެ ފަރާތްތަކުން އެ ރަށަށް ގޮސްގެންނެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން، ފޮއްދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައި ކަމަށެވެ. އޭގެ އިތުރުން ފެން ރައްކާކުރުމަށް ތާނގީ ބަހައްޓައި، ބޯހޯލް ތޮރުފައި ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އަޅާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށެވެ.

your imageފޮއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ވަނީ ނިންމާފައި - ފޮޓޯ:އެމްޑަބްލިއުއެސްސީ

ފޮއްދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 58.15 މިލިއަން ރުފިޔާއެވެ. އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް