
ރޭ ކުރި އިއުލާނުގަ ވާގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ، ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަމްބަރު 2016/R-88) އަށް ދެވަނަ އިސްލާހެއް ވަނީ ގެނެވިަފައެވެ.
މިގޮތުން ރެޖިސްޓްރީ ދޫކުރެވޭނީ، ސިޓީއެއްގައި ނަމ،ަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައ،ި ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައ،ި ނުވަތަ ސަރުކާރުން ވަކި ސަރަޙައްދެއް ތަރައްޤީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއެއްގައި ކަމަށް ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން ސަރުކާރުން ވަކި ސަރަޙައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއިން ރަޖިސްޓަރީ ހަދައިދިނުމުގައ،ި އެ ގަވާއިދުގެ 3 ވަނަ މާއްދާއާއ،ި 4 ވަނަ މާއްދާއާއ،ި 5 ވަނަ މާއްދާއާއ،ި 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މިއާއެކު، ސަރުކާރުން ވަކި ސަރަހައްދެއް ތަރައްޤީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ގޯތި ހަވާލުކުރާއިރ،ު ގޯތީގެ ދާއިމީ ރަޖިސްޓަރ،ީ ގޯތި ލިބުނު ފަރާތަށް ދޫކުރަންވާނެ ކަމަށް ބުނެ އިސްލާހުކޮށްފައިވާ ކަންވެސް ފާހަގަ ކޮށްލެވެއެވެ.
މިގަވާއިދު ގެޒެޓް ކުރެވޭ ތާރީހުން ފެށިގެން މިއަށް އަމަލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ އިރު، ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ ގުރުއަތުލުން ނިމިފައިވީނަމަވެސް، އަދިވެސް އެގޯތިތައް ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރަން ފެށިފައެއް ނުވެއެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ގޯތީގެ ގުރުއަތު ނަގާ ދުވަހުން ފެށިގެން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، އަދި މިގޮތަށް ގޯތި ހަވާލުކުރެވިގެން ދާނީ ގޯތިތަކުގެ ދާއިމީ ރެޖިސްޓްރީ އާއިއެކު ކަމަށްވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް މާލޭ ސިޓީގެ މޭޔަރު އަދި ކުރިއަށް އޮތް ރިިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ގެންދަވަނީ ގޯތިތަކުގެ ރެޖިސްޓްރީ ދޫކުރެވޭނީ ހަމައެކަނި މާލޭ ސިޓީ ކައުންސިލް އަށް ކަމަށް ބުނެ އެވާހަކަ ތަކުރާރު ކުރައްވަމުންނެވެ.
ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ތެރެއިން 18995 ފަރާތަކަށް 9003 ގޯތި މާލޭ ސަރަހައްދުން ދޫކުރެވިގެން ދާނެއެވެ. މިގޯތިތަށް ދޫކުރެވޭނީ ހުޅުމާލެ ފޭސް 2، ފޭޭސް 3، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ.