ads
އަލްހާން ފަހުމީ އަދި ރަައީސް މުހައްމަދު ނަޝީދު——
އަލްހާންގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފި
ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، އަލްހާން ފަހުމީގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އަލްހާން ފަހުމީގެ ޕާސްޕޯޓް، ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި، އޭނާ ފުރުން މަނާކޮށްފައިވާކަން ފުލުހުންވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. އެކަން ފުލުހުން އަދި ހާމަކޮށްފައެއްވެސް ނުވެއެވެ.

އަލްހާންގެ ޕާސްޕޯޓް ހިފެހެއްޓީ ކޮން މައްސަލައަކާ ގުޅިގެންކަން ފުލުހުން ހާމަ ނުކުރިޔަސް، އަލްހާންގެ މަސްލަހަތު އޮންނަ ކިންގްސް ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ފުލުހުން އަންނަނީ ޖިނާއީ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އެއީ ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިންގެ ވިޔަފާރީގައި މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލައެއްގައެވެ.

އަލްހާންގެ ހުއްސާ އޮންނަ ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި މީހަކަށް 90،000ރ. އަނބުރާ ދައްކަން ކިންގްސްގެ މައްޗަށް ސިވިލް ކޯޓުން މީގެ ދުވަސްކޮޅެއް ކުރިން ހުކުމެއްވެސް ކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް