ads
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
ތޮއްޑޫ ދާއިރާއިން ރައީސް ސޯލިހް އެއްބުރުން ކާމިޔާބު ކުރައްވާނެ: ޝިޔާން
މި ފަހަރު ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތޮއްޑޫ ދާއިރާއިން އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ޝިޔާން މިހެން ވިދާޅުވީ އޭނާ އޭނާ އެމްޑީޕީއާއި ގުޅުނުކަން ހާމަ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވިދާޅުވީ ދާއިރާއާއި މުޅި ރާއްޖޭގެ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ވިސްނުން ބަދަލު ކޮށްފައިވާ ކަމަށެވެ.

ޝިޔާން އެމްޑީޕީން ވަކިވެ ވަޑައިގަތީ ރައީސް ނަޝީދުގެ ސަޕޯޓަރުން އުފެއްދެވި، ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅުމަށެވެ. 

ނަމަވެސް ރޭ އެމްޑީޕީއާ އަލުން ގުޅިވަޑައިގެން، އޭނާގެ ފޯމު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރައްވާފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދިއިރު އެ ޕާޓީއާ ގުޅުނު މަޖިލިސް 12 މެންބަރުންގެ ތެރޭގައި ގިޓާ ހިމެނިވަޑައިގަންނަވައެވެ. 

މިއީ މި މަހުގެ ތެރޭގައި ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެން ދެ ވަަނަ މަޖިލިސް މެންބަރެވެ. މިގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވެސް ވަނީ ދާދިފަހުން އެމްޑީޕީއާ ގުޅިވަަޑައިގެންފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް