މިހެން މިއަދު ބުނީ މުހައްމަދު ތައުފީގުގެ ކޮއްކޮ "ސީއެންއެމް" އާ ވާހަކަ ދައްކަމުންނެވެ.
ތައުފީގް މަސައްކަތް ކުރަނީ ހުޅުމާލެ މާރްކޭޓްގައެވެ.
އޭނާ ޑިއުޓީއަށް ކަމަށްބުނެ ގެއިން ނުކުތްފަހުން ނުގުޅޭ ކަމަށާއި، ވީ ގޮތެއް އެނގިފައިނުވާ ކަމަށްވަނީ ބުނެފައެވެ.
ފުލުހުން އެދިފައި ވަނީ ތައުފީގާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުމަށެވެ.