ads
އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޑް ހަސަން ޒަމީލް އާއި، އަނބިކަބަލުން މަރިޔަމް އަލީމް
ޒަމީލްގެ މެނިފެސްޓޯ އިއުލާނު ކުރައްވަނީ
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓް ހަސަން ޒަމީލްގެ މެނިފެސްޓޯ މި ހަފްތާގައި އިއުލާން ކުރައްވަން ނިންމަވާފައިފިއެވެ.

ޒަމީލް "ސީއެންއެމް" އަށް ވިދާޅުވީ އޭނާގެ މެނިފެސްޓޯގައި ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެގޮތުން ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ހިމަނުއްވާނެ ކަމަށެވެ.

ނަމަވެސް އޭނާގެ މެނިފެސްޓޯ އަކީ 10 ސަފްހާގެ މައްޗަށް އެކުލެވިފައިވާ މެނިފެސްޓޯ އެއް ކަމަށްވެސް ޒަމީލް ވިދާޅުވިއެވެ.

" އަޅުގަނޑު މެނިފެސްޓޯ ތައްޔާރު ކުރައްވަނީ މިވަގުތަށް ގައުމަށް ބޭނުންވާ މުހިންމު ކަންތައްތަކަށް. އަދި ކުރެވޭނެ ކަންތައްތައް ހިމަނާނީ،" -ޒަމީލް-

މީގެ ކުރިންވެސް ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަމަށް ހޮއްވަވާއިފިނަމަ ގޭގައި ތިބޭ ބެލެނެވެރިންނަށް 20،000 ރުފިޔާގެ އާމްދަނީ އެއް ދޭނެ ކަމަށް ވެސް ޒަމީލް ވަނީ ވިދާޅުވެފައެވެ.

ކެމްޕެއިން ކުރައްވާނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ކަމަށްވެސް ޒަމީލް ވިދާޅުވިއެވެ. އަދި މީގެ ދެ ފަހަރެއްގެ މަތިން ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވާ ކަމަށާއި، އެގޮތުން ޖައްމިއްޔާތަކުންވެސް ބައްދަލު ކުރައްވާފައިވާ ކަމަށެވެ. 

ހަސަން ޒަމީލް އަކީ މިފަހަރު އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓެވެ. އެގޮތުން ޒަމީލްގެ ކެންޑިޑޭޓް ނަމަބަރަކީ 2 އެވެ. މީގެ ކުރިން ޒަމީލް އަކީ ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވާފައިވާ ފަރާތެކެވެ. އެބޭފުޅާ ފުރުއްވާފައިވާ މަގާމަކީ ޑިފެންސް މިނިސްޓރީގެ ނައިބު ކަމުގެ މަގާމެވެ.

މިފަހަރު ޒަމީލް ވާދަ ކުރައްވާއިރު، މިއީ ދެމަފިރިއަކު ރިޔާސީ އިންތިހާބެއްގައި ވާދަކުރާ ފުރަތަމަފަހަރެވެ. ޒަމީލްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އޭނާގެ އަނބިކަނބަލުން މަރިޔަމް އަލީމްއެވެ. އަދި އިންތިހާބީ އެޖެންޓަކީ އޭނާގެ ދަރިކަލުން އަހުމަދު މަހުރާން ޒަމީލެވެ.

40%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް