ލީގުގައި މިރޭ ޗެލްސީ ވާދަކުރީ ޕްރިމިއާ ލީގަށް އަލަށް ކޮލިފައިވި ލުޓޯން ޓައުންއާއެވެ. ޗެލްސީގެ ސްޓެމްފޯޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-0 ންނެވެ. މި މެޗުގައި ޗެލްސީގެ ރަހީމް ސްޓާލިން ދެލަނޑު ޖެހިއެވެ. ތިންވަނަ ލަނޑު ޖެހީ ނިކޯލަސް ޖެކްސަންއެވެ.
މިއީ ޗެލްސީން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. މިހާތަނަށް ޗެލްސީން ތިން މެޗު ކުޅެފައިވާއިރު އެއް މެޗުން ބަލިވެ އަނެއް މެޗުން އެއްވަރުވީއެވެ.
މި ނަތީޖާއާއެކު ޗެލްސީ އޮތީ ތާވަލުގެ ނުވަ ވަނާގައި ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ލުޓޯން ޓައުން އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ ދެވަނައަށް ފުލުގައެވެ. އެޓީމު މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް ވަނީ ބަލިވެފައެވެ.