ads
ހޮރައިޒަން އިން ވިއްކާ ތެޔޮ މަސްދަޅު--
ހޮރައިޒަން އިން ވިއްކާ ތެޔޮ މަސްދަޅު އަގުހެޔޮކޮށްފި
ހޮރައިޒަން އިން ވިއްކާ "މާންދޫ މަސް" ބްރޭންޑުގެ ތެޔޮ މަސްދަޅު އަގު ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ބުނީ ތެޔޮ މަސްދަޅުގެ އަގު ހެޔޮކުރީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާއެކު ރައްޔިތުންނަށް ލުޔެއް ހޯދައި ދިނުމަށް ކަމަށެވެ. 

އެގޮތުން މިހާރު 650 ރުފިޔާއަށް ވިއްކާ މާންދޫ ތެޔޮ މަސްދަޅު ކޭހެއް މިއަދުން ފެށިގެން ވިއްކާނީ 635 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުންޏެވެ. 

މަސްދަޅު އަގުހެޔޮ ކުރުމުގެ އިތުރުން، ހޮރައިޒަން އިން ބުނީ ކުރިއަށް އޮތް ރޯދަ މަހު ވެސް މަސްދަޅު ކޭސް އެއްވެސް ދައްޗެއް ނެތި ލިބެން ހުންނާނެ ކަމަށެވެ. 

ދަޅު މަހުގެ ސްޓޮކް ހުސްވި ނަމަވެސް، ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ގާބިލްކަން ކުންފުނީގައި އެބަހުރި ކަމަށް ހޮރައިޒަން އިން ބުނެފައި ވެއެވެ. 

މާންދޫ މަސްދަޅު ކޭސް ހެޔޮ އަގުގައި ލިބެން ހުންނާނީ ޗާންދަނީ މަގު މިއުޒިއަމް ކުރިމަތީގައި ހުންނަ ހޮރައިޒަން ސީފުޑް ޕްލަސް ފިހާރައިންނެވެ. 

މި ދުވަސްވަރު ދަޅުމަހުގެ ޑިމާންޑު ބޮޑު ކަމަށް އެ ކުންފުނިން ބުނެ އެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް