ads
ގަލޮޅުގައި ހުންނަ މިފްކޯ މަސް ފިހާރަ ތެރޭގައި މީހުން ކިއު ހަދާފައި-- ފޮޓޯ: ސީއެންއެމް
މަސްދަޅަށް އޮތް ޑިމާންޑު އުފުލި، މިފްކޯ ފިހާރަ ދޮށުގައި މިރޭ ބޮޑު ކިއުއެއް!
ކޮވިޑް-19 އާ ގުޅިގެން ދަޅު މަހަށް އޮތް ޑިމާންޑު ބޮޑުވެ، މިފްކޯ މަސް ފިހާރަ ދޮށުގައި މިރޭ ކިއު ހަދައިފި އެވެ.

ގަލޮޅުގައި ހުންނަ މިފްކޯ މަސް ފިހާރަ ދޮށުގައި މިރޭ ބޮޑު ކިއުއެއް ހަދާފައި އޮތް އިރު، އެންމެން ޖަމާވެފައި ތިބީ މަސްދަޅު ކޭސް ގަތުމަށެވެ. 

އެތަނުގައި ތިބި ބައެއް މީހުން ސީއެންއެމްއަށް ބުނީ ކިއު ހަދައިގެން ތިބެން ޖެހުނީ މާލޭގެ ބައެއް ފިހާރަތަކުން މަސްދަޅު ހުސްވެފައި ހުރުމުން ކަމަށެވެ. 

މާދަމާއިން ފެށިގެން އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަން ނިންމާފައި ވާއިރު، މުޅި މާލެ "ލޮކްޑައުން" ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ. 

އެހެންކަމުން ބެލެވޭ ގޮތުގައި ހާސްކަމުގެ ތެރެއިން ގިނަ ބަޔަކު ވަނީ އެއް ފަހަރާ ގިނައިން މަސްދަޅާއި އެހެނިހެން ކާބޯތަކެތި ގަނެ ގެއަށް ވައްދާފަ އެވެ. 

މާލޭގެ ފިހާރަތަކުން މަސްދަޅު ހުސްވެ މިފްކޯ ފިހާރަތައް ދޮށުގައި ކިއު ހަދަން ޖެހުނު އިރު، މިފްކޯއިން މިރޭ ވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި މަސްދަޅު ވިއްކާފަ އެވެ. 

އަދި އެ ކުންފުނިން އާއްމުކޮށް މަސްދަޅާއި މަސްދަޅު ކޭސް ވިއްކާ އަގަށް ވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. މިފްކޯގެ އިތުރުން ހޮރައިޒަން ފިޝަރީޒް ކުންފުނިން ބުނީ މި ދުވަސްވަރު މަސްދަޅަށް އޮތް ޑިމާންޑު ބޮޑު ކަމަށެވެ. 

ނަމަވެސް އެ ކުންފުނިން ވެސް ވަނީ މަސްދަޅުގެ އަގު ބޮޑު ނުކޮށް، ވިއްކާ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން މިހާރު 650 ރުފިޔާއަށް ވިއްކާ މާންދޫ ތެޔޮ މަސްދަޅު ކޭހެއް މިއަދުން ފެށިގެން ވިއްކާނީ 635 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުންޏެވެ.  

ގިނަ ބަޔަކު މަސްދަޅު ގަތުމަށް މިފްކޯ ފިހާރަ ދޮށުގައި މިރޭ ކިއު ހެދިއިރު، ކޮވިޑް-19 ޓާސްކްފޯސް އިން ތަކުރާރުކޮށް އެދެމުން ދަނީ "ޕެނިކް ބައިންގް" ނުވަތަ ހާސްކަމުގެ ތެރެއިން އެއް ފަހަރާ ބަލްކުކޮށް ތަކެތި ނުގަތުމަށެވެ. 

"އަޅުގަނޑުމްނެ ވާނީ ޔަގީންކަން ދީފައި އަސާސީ މުދާތައް އެބަހުރި ކަމަށް، މުދާ ވެސް އެބަ އާދޭ، ފިހާރަ ބަންދުކުރަން، މާލެ ލޮކްޑައުން ކުރަން އުޅޭ ވާހަކަ އެއީ ސީދާ ދޮގެއް،" މިރޭ އޮތް ޕްރެސް ބްރީފިންގައި ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް