ފުލުހުން ބުނީ އޭނާ މިހާރު ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅުކަމަށެވެ.
ފުލުހުން ގެއްލިގެން ހޯދަން އިއްޔެ އިއުލާނު ކުރި ހއ. ބާރަށު ސައިނިންސްޓާ، އުމުރުން 35 އަހަރުގެ މުޙައްމަދު ތައުފީގު ގެއްލުނީ ޑިއުޓީއަށް ކަމަށް ބުނެ ގެއިން ނުކުމެގެން ދިޔަ ފަހުން ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
ތައުފީގު ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނުން ފިޔަވާ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އޭނާ ގެއްލެން މެދުވެރިވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ.
ތައުފީގުގެ ކޮއްކޮ "ސީއެންއެމް" އާ ވާހަކަ ދައްކަމުން ބުނީ އޭނާ މަސައްކަތް ކުރަމުން ދިޔައީ ހުޅުމާލޭ މާރްކޭޓްގައި ކަމަށާއި، އޭނާ ޑިއުޓީއަށް ކަމަށްބުނެ ގެއިން ނުކުތް ފަހުން އޭނާ އާ ނުގުޅޭ ކަމަށެވެ.