އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 44 އަހަރަށް ފަހު ގައުމީ ފިރިހެން ޓީޓީ ޓީމުން މެޑަލް ކަށަވަރުކުރީ ސެމީ ފައިނަލްގައި ރީ ޔުނިއަން ބަލިކޮށްގެންނެވެ. ރީޔޫނިއަންއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުން ދިވެހި ޓީމު މޮޅުވީ 3-2 ންނެވެ.
މީގެ ކުރިން ރާއްޖޭގެ ފިރިހެން ޓީމު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލްއެއް ހޯދީ 1979 ގެ ގޭމްސްގައި ހޯދި ލޯ މެޑަލް އެވެ. އޭގެ ފަހުން މިދިޔަ 44 އަހަރު ތެރޭ މެޑައްޔަކާ ހަމައަށް ވެސް ފިރިހެން ޓީމަށް ދެވިފައެއް ނެތެވެ.
ފައިނަލުގެ ޖާގަ ކަށަވަރު ކުރުމަށް ފަހު ގައުމީ ފިރިހެން ޓީޓީ ޓީމަށް ވަނީ ރިހި ނުވަތަ ރަން މެޑަލް ކަށަވަރުވެފަ އެވެ.