ads
އީސީގެ މެންބަރުން
މިރޭ މުއްދަތު ހަމަވާއިރު ވޯޓާސް ލިސްޓުގަ ހަތަރު ކެނޑިޑޭޓުން އަދިވެސް ސޮއި ނުކުރޭ
ކެންޑިޑޭޓުން ވޯޓް ލިސްޓްގައި ސޮއި ކުރުމުގެ މުއްދަތު މިރެއަށް ހަމަވާ އިރު ހުރިހާ ކެންޑިޑޭޓުން ވޯޓް ލިސްޓްގައި ސޮކޮށްފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
Advertisement

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ގައި، ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރިމުގެ އެންމެ ފަހު މުއްދަތަކީ މިރޭގެ 10:00 ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

ހަބީބު "ސީއެންއެމް" އަށް ވިދާޅުވީ މިވީ ހިސާބަށް ސޮއި ކޮށްފައިވަނީ އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަމިއްލަ ގޮތުން ކުރުމަތި ލައްވާ ކެންޑިޑޭޓް ފާރިޝް މައުމޫނު އާއި، އަދި ހަސަން ޒަމީލްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ.

މި ކަމާއި ގުޅިގެން ހަބީބު ވަނީ މިއަދު ޓްވީޓްވެސް ކޮށްފައެވެ. ހަބީބު ވިދާޅުވީ މިރޭގެ ނިޔަލަށް މުއްދަތު ހަމަވާއިރު، އިތުރަށް ފުރުސަތު ނުހުޅުވާނެ ކަމަށެވެ.

ނަމަވެސް ދަ ޑިމޮކްރެޓްސް ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އާއި، އަދި އަމިއްލަ ގޮތުން ވާދަ ކުރައްްވާ ކެންޑީޑޭޓް އުމަރު ނަސީރު ސޮއި ނުކުއްވާ ކަމަށެވެ.

މިއީ ކޮންމެ ކެންޑިޓޭޓަކުވެސް އަމިއްލަ އިޙްތިޔާރުގައި ކުރައްވާ ކަމެއް ކަމަށާއި، ގާނޫނީ ގޮތުން މި މަރުލާ ފުރިހަމަ ކުރައްވަން ޖެހޭތީ އިލެކްޝަނުން މި ނިންމަނީ އެންމެފަހުގެ ތައްޔާރީތައް ކަމަށެވެ.

ލިސްޓުތައް ފޮނުވަންޖެހޭ މަރުކަޒުތަކަށް ފޮނުވުމަށްޓަކައި ޕެކް ކުރުމުގެ މަސައްކަތް މާދަމާ ކުރިޔަށް ދާނެ ކަމަށް ވެސް އިލެންޝަނުން ވަނީ ފާހަގަކޮށްފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް