އެ ޕާޓީން ބުނީ ވެށިފަހި މާލެ ސިޔާސަތުގެ ގެ ދަށުން ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށެވެ.
މި ސިޔާސަތަކީ އަބުރު ވެރިހަޔާތެއް ހޯދައިދިނުމަށް އެ ޕާޓީން ވެފައިވާ ވައުދާގުޅުންހުރި ވައުދެއްކަމަށް ވެސް ޑިމޮކްރެޓްސް އިން ބުނެއެވެ.
އެ ސިޔާސަތު އާންމު ކުރާނީ މިރޭ 8:30 ގައި މާލޭ ރާޅުގަނޑު، ބިރިޖް ވިއު ޕްލެޓްފޯމް ގައިކަމަށް އެ ޕާޓީން ބުނެއެވެ.
ސިޔާސަތު އާންމު ކުރައްވާނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔަސް ލަބީބް އެވެ. އޭނާއާއެކު ރަނިންމޭޓު ހުސެއިން އަމްރު މުހައްމަދު ރަޝާދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.