މިދިޔަ އަހަރުގެ ޗެމްޕިއަން ޕީއެސްޖީ ފުރަތަމަ މޮޅު ހޯދީ ލެންސް އާއި ވާދަކޮށް 3-1 އިން ކުރި ހޯދައިގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ޕީއެސްޖީންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޕީއެސްޖީއަށް ލީޑް ނަގައިދިނީ މާކޯ އަސެންސިއޯއެވެ. މިއީ ފްރާންސް ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ޕީއެސްޖީގެ އަނެއް ދެލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. މި ދެލަނޑުވެސް އެޓީމަށް ޖަހައިދިނީ ޓީމުގެ ތަރި ކީލިއަން އެމްބާޕޭއެވެ.
މެޗުގެ ފަހު ވަގުތުގައި ލެންސްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖިލަވޯޖީއެވެ.
މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ މަގާމުގައެވެ. ލީގު ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓު ހޯދައިގެން އޮތީ މޮނާކޯއެވެ.