ads
މާރިޔާ އަހުމަދު ދީދީ
"މުއިއްޒުއަށް ހަރުކަށި ފިކުރުގެ މީހުން ކެމްޕޭނުކޮށްދޭ"
ސޯސަލް މީޑިއާއަށް ބަލައިލުމުން ހަރުކަށި ފިކުރުގެ މީހުން ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ކެމްޕޭނުކުރަމުއަންނަކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
Advertisement

ހޮޓެލް ޖެންގައި ވާހަކަ ދައްކަވަމުން، މިއަދު މާރިޔާ ވިދާޅުވީ އާދިއްތަ ދުވަހު ދިން ޕްރެންސް ކޮންފަރެންސް ވާހަކަ ދައްކަވަމުން ޑރ. މުއިއްޒުގެ އަނބިކަނބަލުންގެ ވާހަކަ ދައްކަވާފައިވާނޭކަމަށެވެ. ނަމަވެސް ސަަލަފް ޖަމިއްޔާއަކީ ވަކިޒާތެއްގެ ޖަމިއްޔާއެއްގެ ގޮތުގައި ލޭބަލް ނުކުރައްވާކަމަށެވެ. އަދި ޑރ މުއިއްޒުގެ އަނބިކަނަބލުންގެ ވާހަކަ ދައްކަވާ ސަބަބު މިއަދު މާރިޔާ ވަނީ ހާމަކުރައްވާފައެވެ.  

""ސޯޝަލް މީޑިއާއަށް ބަލާލިއަސް ފާހަގަކުރެވޭ ހަރުކަށި ފިކުރުގެ މީހުން ޕީއެންސީ ކެނޑިޑޭޓަށް ތާއީދުކޮށް. އެ ބޭފުޅާއަށް ކެމްޕޭނުކޮށްދެއްވަމުންގެންދަވާކަން،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުންގެ ވާހަކަ ދައްކަންޖެހެނީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ނުފޫޒު ސަރުކާރުގެ މައްޗަށް އޮތް މިންވަރުންކަމަށެވެ. 

"އަޅުގަނޑު ނުދަންނަވަން ސަލަފުޖަމިއްޔާއަކީ މިވެނިވައްތަރެއްގެ ޖަމިއްޔާއެކޭ. އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފަވަނީ ރައީސް ޔާމިންގެ ސަރުކާރުގަ. އެބޭފުޅާގެ އަނބިކަބަލުންގެ ނުފޫޒު ސަރުކާރުގެ މައްޗަށް އޮތްކަމަށް އެ ބޭފުޅުންނާ ގާތް ބޭފުޅުންވެސް އެ ދެއްކި މިންވަރަވަށް ބަލާފަ އަޅުގަނޑު ބަލާލަން ބޭނުންވީ ޕީއެންސީގެ ބޭފުޅެއްގެ އަނބިކަނބަލުން ސަޕްރައިޒް ވައިފްއެގް ގޮތުގައި ހުންނަވައިގެންވެސް ހިނގަމުން ދިޔަގޮތް،" މާރިޔާ ވިދާޅުވިއެވެ.

މިގޮތުން މާރިޔާ ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި މިނިވަން މުއައްސަތަކުގެ މައްޗަށް ނުފޫޒު ފޯރުވަމުން ގެންދެވި މިންވަރާ، އަދި އެ ވެރިކަން ނިމުނު އިރު 2018 ވަނަ އަހަރު އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކޮށްފައިވާކަން ރައްޔިތުންނަށް ހަނދާންކޮށްދެއްވެން ބޭނުންވާކަމަށް މާރިޔާ ވިދާޅުވިއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް