ހދ. ކުޅުދުއްފުށި، އާދަމް މުހައްމަދު ނިޔާވީ މުސްކުޅި ބަލީގައި އުޅޭތާ ދުވަސްތަކެއް ފަހުން މިއަދު މެންދުރު ފަހު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ޝަހީދު ހުސެއިން އާދަމްގެ ބައްޕަ، އާދަމް މުހައްމަދަކީ ކުޅުއްފުއްޓަށް ޒިޔާރަތްކުރާ ގިނަ ބަޔަކު ބައްދަލު ކުރާ، ހިތް ހެޔޮ މީހެކެވެ.
އުމުރުން އެންމެ 21 އަހަރުގައި ކުޅުދުއްފުށީ މާވާގޭ ހުސެއިން އާދަމް ޝަހީދުވީ، ނޮވެމްބަރު 3 ގައި ރާއްޖެ ހިފަން އައި ބާގީން ދިން ހަމަލާތަކެއް ދިފާއުކުރަން ސިފައިންގޭގެ ގޭޓްގައި އެކަނިމާއެކަނި ހަނގުރާމަކުރަން ހުއްޓަ އެވެ. އެ ހަމަލާތަކުގައި އޭނާގެ ގަޔަށް އެތައް ވަޒަނެއް އެރި އެވެ. ހުސެއިން އާދަމަކީ މުޅި ދިވެހި ގައުމު އެ ޒުވާނާއަށްޓަކައި ފަހުރުވެރިވާ މި ޖީލުގެ ބަތޮލެކެވެ.