އޭނާއަށް މަރުގެ އިންޒާރު ދީފައިވާކަން އިއުލާނުކުރެއްވީ އޭނާ އަމިއްލައަށް މިއަދުއެވެ.
މިގޮތުން އުމަރު ނަސީރު މިއަދު ވަނީ އޭނާއަށް މަރުގެ އިންޒާރުދީ ކޮށްފައިވާ ޓުވީޓެއްގެ ސްކްރީންޝޯޓުތައް އާންމުކުރައްވާފައެވެ.
އެ އިންޒާރު ދިން މީހާ ބުނެފއިވަނީ "ދައުލަތައް ފައިސާ ލިބެނީ މަސްތުވާތަކެތިން" ކަމަށެވެ.
މި ޓްވީޓު އާންމުކުރައްވަމުން އުމަރު ނަސީޜު ވިދާޅުވެފައިވަނީ އިންޒާރު ލިބެނީ ޑްރަގް ލޯޑުންގެ ފަރާތުންކަމަށެވެ.
އުމަރު ނަސީރު ކެންޕޭނުގައި އުޅުއްވަނިކޮށް އެނާއަށް މީހަކު މިދިޔަ ހަފްތާގައި ވަނީ ހަމަލާ ވެސް ދީފައެވެ. އޭނާއަށް ހަމަލާދިނީ ޕިކަޕް ބުރެއްގައި އުޅޭއްުވަނިކޮށް ދަނގަޑުބުރިއް އެއްލައި ވަނީ އޭނާގެ މޫނު މަތީގައި ޖަހާފައެވެ. އޭނާއަށް ހަމަލާ ދިން މީހާ ވަނީ ހަމަލާ ދިނުމަށްފަހު ފިލާފައެވެ.