ads
މެޖިސްޓްރޭޓު ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަތަކަށްވަނީ ބަދަލު ގެނެސްފައި---
މެޖިސްޓްރޭޓު ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑިޝަލް އެލަވަންސް ބޮޑުކޮށްފި
މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑިޝަލް އެލަވަންސް ބޮޑުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ އަސާސީ މުސާރައިގެ 35 އިންސައްތަ، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މީގެ ކުރިން ލިބެމުން ދިޔައީ 187 މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން އެންމެ 11 މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފުންނަށް ކަމަށެވެ. 

މި ބަދަލާއެކު ހުރިހާ މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފުންނަށް ވެސް މުސާރައިގެ 35 އިންސައްތަ، ޖުޑިޝަލް އެލަވަންސްގެ ގޮތުގައި ހަމަޖައްސައިދީފައިވާ ކަމަށް ޑީޖޭއޭއިން ބުނެއެވެ. 

ޑީޖޭއޭއިން ބުނާ ގޮތުގައި މިއީ 2015 އަށް ފަހު މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް މިފަދަ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ.

މި ބަދަލާއެކު 187 މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރާ 800 އަށް ވުރެ ގިނަ މުވައްޒަފުންނަށް އާ އޮނިގަނޑުގެ ޖުޑިޝަލް އެލަވަންސް ލިބޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް