ads
ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދު
ޝަހީދު ޙުޞައިން އާދަމްގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވިދާޅުވެއްޖެ
ޝަހީދު ޙުޞައިން އާދަމްގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވިދާޅުވެއްޖެއެވެ.

ތިނެއް ނޮވެމްބަރުގެ ބަތަލު ޝަހީދު ކޯޕްރަލް ހުސެއިން އާދަމްގެ ބައްޕަ، ކުޅުދުއްފުށީ މާވާގޭ، އާދަމް މުހައްމަދު މިއަދު ވަނީ ނިޔާވެފައެވެ.

އުމުރުން 89 އަހަރުގެ އާދަމް ނިޔާވެފައިވަނީ މުސްކުޅި ބަލީގައި ޑޮކްޓަރަށް ދައްކާތާ ދުވަސްކޮޅެއް ފަހުންނެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީދު ޙުޞައިން އާދަމް ގެ ބައްޕަ ނިޔާވުމާއި ގުޅިގެން ދިވެހިން އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ޝަހީދު ޙުޞައިން އާދަމްގެ ބައްޕާފުޅު ހދ. ކުޅުދުއްފުށީ މާވާގެ އާދަމް މުޙައްމަދު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކުގައި ކަމަށާއި، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

ޝަހީދު ޙުޞައިން އާދަމް އަކީ ނޮވެމްބަރު 3، 1989 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ގައުމުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވި ބަތަލެވެ. އޭރު ހުސެން އާދަމްގެ އުމުރުފުޅުން 21 އަހަރެވެ.

ޝަހީދު ޙުޞައިން އާދަމްގެ ބައްޕަ، އާދަމް މުހައްމަދަކީ ކުޅުއްފުއްޓަށް ޒިޔާރަތްކުރާ ގިނަ ބަޔަކު ބައްދަލު ކުރާ، ހިތް ހެޔޮ މީހެކެވެ.

އުމުރުން އެންމެ 21 އަހަރުގައި ކުޅުދުއްފުށީ މާވާގޭ ޙުޞައިން އާދަމް ޝަހީދުވީ، ނޮވެމްބަރު 3 ގައި ރާއްޖެ ހިފަން އައި ބާގީން ދިން ހަމަލާތަކެއް ދިފާއުކުރަން ސިފައިންގޭގެ ގޭޓްގައި އެކަނިމާއެކަނި ހަނގުރާމަކުރަން ހުއްޓަ އެވެ. އެ ހަމަލާތަކުގައި އޭނާގެ ގަޔަށް އެތައް ވަޒަނެއް އެރި އެވެ.

ޝަހީދު ޙުޞައިން އާދަމަކީ މުޅި ދިވެހި ގައުމު އެ ޒުވާނާއަށްޓަކައި ފަހުރުވެރިވާ މި ޖީލުގެ ބަތޮލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް