ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެލަވަންސް ބޮޑުކުރީ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑިޝަލް އެލަވަންސް ހަމަހަމަ އުސޫލަކުން ދިނުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިންކަމަށެވެ.
ބޮޑުވި އެލަވަންސް މި ހިނގާ އޮގަސްޓް މަހުން ފެށިގެން މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒިފުންނަށް ލިބޭނެއެވެ.
މީގެ ކުރިން މިފަދަ ބަދަލެއް މެޖިސްޓްރޭޓް ކޯޓުތަކުގެ މުސާރަށް ގެނައީ 2015 ވަނަ އަހަރުއެވެ.
މީގެ ކުރިން އަމަލުކުރަމުން ދިޔަ އުސޫލުުން 187 މެޖިސްޓްރޭޓް ކޯޓުގެ ތެރެއިން 35 ޕަސަންޓު އެލަވަންސް ލިބެނީ 11 ކޯޓެއްގެ މުވައްޒަފުންނަށެވެ.
މި ބަދަލާއެކު 800 އަށްވުރެން ގިނަ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.