ads
ތުޅާދޫގައި ހުރި ޒަމާންވީ ގަހެއް އެމްޑީޕީ ފޮތި ދަމާފައި ހުރުމުން ރޭ ބަޔަކު ކަޑާލާފަ
އެމްޑީޕީ އިން ފޮތި ދަމާފައި ހުރުމުން ތުޅާދޫގައި ހުރި ޒަމާންވީ ގަހެއް، ބަޔަކު ކަޑާލާއިފި
ބ. ތުޅާދޫގައި ހުރި ޒަމާންވީ ގަހެއް އެމްޑީޕީ ފޮތި ދަމާފައި ހުރުމުން ބަޔަކު ރޭ ކަޑާލާއިފިއެވެ.

އެރަށުން "ސީއެންއެމް" އާއި ވާހަކަ ދެއްކި މީހަކު ބުނީ އެގަހަކީ ވަރަށް ޒަމާންވީ ގަހެއް ކަމަށާއި، އެގަސް ކަނޑާލާފައިވަނީ ރޭ ބަޔަކު ގަސްތުގައި ކަމަށެވެ.

އެއީ އެ ރަށު ސަހަރާ ކައިރީ ސުކޫލް ކަންމައްޗަށްވާގޮތަށް ހުންނަ ގަހެއް ކަމަށާއި، އެގަހަކީ ސުކޫލަށްދާ ދަރިވަރުންގެ ބެލެނެވެރިން މަޑުކޮށްގެން ތިބޭ ހިޔާ ގަޑެއް ގޮތުގައި ބޭނުން ކުރާ ގަހެއް ކަމަށެވެ.

ނަމަވެސް އެ ގަސް ކަޑާލާފައިވަނީ އެ ގަހުގައި އެމްޑީޕީގެ ދިދަފޮތިތައް ދަމާފައި ހުރުމުން ކަމަށްވެސް ބުނެފަވެއެވެ.

your imageތުޅާދޫގައި ހުރި ޒަމާންވީ ގަހެއް އެމްޑީޕީ ފޮތި ދަމާފައި ހުރުމުން ރޭ ބަޔަކު ކަޑާލާފަ....

"ރޭގަ ވިއްސާރަ. އެކަމަކު ގަހެއް ވެއްޓޭ ވަރެއްނޫން. އަދި ގަސް އޮތީވެސް ކީސް ކަހަލަ އެއްޗަކުން ކޮންމެވެސް ވަރަކަށް ކަޑާލާފަ. ބޮޑުބައި ކަނޑާލީމަ ވީދިގެން ދޯ ދާނީ" އެމީހާ ބުންޏެވެ.


ތުޅާދޫ އަކީ މީގެ ކުރިން އެމްޑީޕީއަށް މެޖޯރިޓީ އޮތް ރަށެކެވެ. ނަމަވެސް ދަ ޑިމޮކްރޭޓްސް އަށް ތުޅާދޫ ކައުންސިލްގެ ދެ މެންބަރުން ސޮއިކުރުމާއެކު އެރަށު ކައުންސިލްގެ މެޖޯރިޓީ ދާދީ ފަހުން ވަނީ އެމްޑީޕީ އަށް ގެއްލިފައެވެ. 

ސިޔާސީ ފޯރި އެ ރަށުގައި ހިފާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ތުޅާދޫއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން އެރަށުގައި ހަމަނުޖެހުން ހިންގި ހަތަރު މީހަކުވެސް ހައްޔަރު ކޮށްފައިވެއެވެ.

42%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް