މިގޮތުން އަދީބުގެ ފުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށެވެ.
މިއީ އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގަތްފަހުން ފަރުވާގެ މުއްދަތު އިތުރުކޮށްދިން ދެވަނަ ފަހަރެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހު އަދީބު ފުރުމަށް ހުއްދަދިނީ 10 ދުވަހަށެވެ.
އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ ނުރައްކާވާ ފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯދުމަށެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.