ads
އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން
ކުޑަކުއްޖަކާ ބެހުނު މީހަކު އެމްޑީޕީ ކެމްޕޭނަކު ނޫޅޭނެ: މާރިޔާ
ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގި އެއްވެސް މީހަކު އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގައި ނޫޅެނެ ކަމަށާއި، އެފަދަ ފަރާތަކަށް އެމްޑީޕީން ޖާގަ ނެތް ކަމަށް ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅު ވެއްޖެ އެވެ.
Advertisement

ކުޑަ ކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު އެމްޑީޕީގެ ކެމްޕޭނުގައި ހަރަކާތްތެރިވަމުން އަންނަ ވާހަކަ އާ ގުޅޭގޮތުން މީޑިޔާ އަށް މައުލޫމާތު ދެއްވައި މާރިޔާ މިއަދު ވިދާޅުވީ އެމްޑީޕީގެ އެއްވެސް ކެމްޕޭނެއްގައި މިފަދަ އަމަލު ހިންގާ ފަރާތަކަށް އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. 

މާރިޔާ މިއަދު ވިދާޅުވީ އެމްޑީޕީން ކުރިއަށްދާނީ ރަނގަޅު މަގު އިހްތިޔާރުކޮށް ރަނގަޅު ކަންކަމުގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ މީސްމީޑިއާގެ ޒަރިއްޔާއިން އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާ މީހަކު ކެމްޕޭނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އެފަދަ ފަރާތެއް އެޕާޓީގެ ކެމްޕޭނުގައި ނޫޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. 

"ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތު ކުރެވޭ މީހަކު ކެމްޕޭނުގައި އުޅެޔޭ ކިޔައިގެން އެބަ އަޑު ފެތުރޭ. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ރައްޔިތުންނަށް އެފަދަ ފަރާތެއް މި ކެމްޕޭނުގައި ނޫޅޭނެޔޭ. އެމްޑީޕީ ކުރިއަށް ދާނީ ރަނގަޅު މަގުން ރަނގަޅު ކަންކަމުގެ ތެރެއިން." މާރިޔާ މިއަދު ވިދާޅުވި އެވެ. 

މާރިޔާ އެ ވިދާޅުވާ ފަރާތަކީ ދާދި ފަހުން އެމްޑީޕީން ހުޅުމާލޭގައި ބޭއްވި އެޕާޓީގެ ބޮޑު ޖަލްސާއެއްގައި ލަވައެއް ހުށައަޅައިދިނުމަށް އައި އިބްރާހިމް ޝާހީން ނަމަކަށް ކިޔާ މީހެއްގެ ވާހަކަ އެވެ. 

ޝާހީންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ 2017 ވަނަ އަހަރުން ފެށިގެން އެކި ދުވަސްތަކުގެ މަތިން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާމެދު ޖިންސީ އަމަލު ހިންގި ކަމުގެ ކުށުގެ ދައުވާ އެވެ. އަދި މި މައްސަލައިގެ އޭނާގެ މައްޗަށް ހުކުމެއް ކަނޑައަޅާފައެއްވެސް ނުވެ އެވެ. 

ހުޅުމާލޭގައި އެމްޑީޕީން ބޭއްވި އެޕާޓީގެ ޖަލްސާގައި ޝާހީން ލަވަކިޔަން ހުންނަ ފޮޓޯ އާއި ވީޑިއޯ މީސްމީޑިޔާގައި ދައުރުވުމުން އެކި ފަރާތްތަކުން ވަނީ ފާޑިކިއުންތައް އަމާޒުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް