ads
މާރިޔާ ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަނީ...
ރިޔާސީ ބަހުސްގެ ތާރީހު ބަދަލު ކުރަން އެމްޑީޕީން އެދިއްޖެ
ރިޔާސީ ބަހުސްގެ ތާރީހު ބަދަލު ކުރަން އެމްޑީޕީން އެދިފައިވާ ކަމަށް އެޕާޓީގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅު ވެއްޖެއެވެ.
Advertisement

ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރިޔާސީ ބަހުސްގެ ތާރީހު ބަދަލު ކުރަން އެމްޑީޕީން އެދިފައިވާ ކަމަށެވެ.

އަދި މިހާރު މިދަނީ އެމްއެންޔޫގެ "ރިޔާސީ ބަހުސް" އޮންނަ ތާރީހާއި އެމްޑީޕީގެ ބޮޑު ޖަލްސާ އޮންނަ ތާރީހާއި ދިމާވާތީ ވާހަކަ ދައްކައިގެން އެކަންކުރެވޭނެ ގޮތަކާއިމެދު މަޝްވަރާ ކުރެވެމުން ކަމަށެވެ.

"ރީ ޝެޑިއުލް ކުރުން ވިޔަސް އެކަން ކުރެވޭނެ ގޮތަކަށް ބަލަމުން މިދަނީ " މާރިޔާ

ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އަބަދު ވެސް އެބޭފުޅުން އެދެނީ ކުރިން ތާރީހު ދެއްވުމަށް ކަމަށާއި، މާކުރިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހަށް ބޮޑު ޖަލްސާ ރޭވިފައިވާ ކަމަށެވެ.

އަބަދު ވެސް ރައްޔިތުން އެދެނީ ރައީސް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދެއްކުން ކަމަށާއި، އެއީ ރައީސް އަށް އެންމެ މުހިންމުކަން ކަމަށެވެ. އަދި މިހާރު މިބަލަނީ އެމްއެންޔޫ އާ ވާހަކަ ދައްކައިގެން ހައްލެއް ހޯދުން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އެމްއެންޔޫގެ ރިޔާސީ ބަހުސްގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވަނީ އެއީ އިލްމީ ބަހުސެއް ކުރިއަށްދާނެ ތަނެއް ކަމަށްވާތީ ކަމަށެވެ.

ނަމަވެސް މީޑިޔާ ތަކަށް އަރާ އިސްތިހާރުވުމަށްޓަކާއި ކުރިއަށްދާ ބަހުސްތަކަކީ ރައީސް ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި، އެއަށްވުރެ ރައީސް އިސްކަން ދެއްވާނީ ރައްޔިތުންގެ ގާތަށް ވަޑައިގަތުން ކަމަށް އެދުވަހު ވެސް މާރިޔާ ވިދާޅުވިއެވެ. 

"އެމްއެންޔޫ ބަހުސް އަކީ އިލްމީ ބަހުސެއް ހިނގާނެ ތަނެއް، ޔުނިވާސިޓީތަކުގައި އިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ." މާރިޔާ

އެގޮތުން ބަހުސް ބޭއްވުމަށް ހަމަޖައްސާފައިވަނީ ސެޕްޓަމަބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 9:00 އިން 11:00 އަށެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް