ads
ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކެޕިޓަލް މެރިންއިން ވަނީ ފަށާފައި - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
ބ. ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނުގެ ފަރާތުންނެވެ. މި މަޝްރޫއުގެ ދަށުން 44.70 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި ހަފުތާ ނިމުމުގެ ކުރިން ފަށާނެ ކަމަށް ނިމިދިޔަ ހަފުތާގައި ތުޅާދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރަށުގެ ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވާ އެއް ކަންތައް ކަމަށާއި އެ މަސައްކަތް މި ސަރުކާރުން ކޮށްދޭނެ ކަމަށެވެ. ތުޅާދޫގައި އެއާޕޯޓެއް އެޅުމަކީ އެކަމުގެެ ސަބަބުން ރަށުގެ އިތުރުން އެ ރަށާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ފަސޭހަޔަކަށް ވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

your imageތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކެޕިޓަލް މެރިންއިން ވަނީ ފަށާފައި 

ތުޅާދޫގެ އިތުރުން ށ. ބިލެތްފަހި އަދި ތ. ވިލުުފުށީގައި އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ކެޕިޓަލް މެރިން އާ ހަވާލުކޮށްފައިވަނީ 42.45 މިލިއަން ޑޮލަރު (654.59 މިލިއަން ރުފިޔާ) އަށް 280 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް