ads
ޔުމްނާ މައުމޫން--
ރައީސް ސޯލިހަށް ތާއިދު ކުރަނީ މިންތީގެ ހަމަހަމަކަން ގެންގުޅުއްވާތީ: ޔުމްނާ
ރައީސް ސޯލިހަށް ތާއިދު ކުރަނީ މިންތީގެ ހަމަހަމަކަން ގެންގުޅުއްވާތީ ކަމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން ތާއިދު ކުރާ އެއް ސަބަބަކީ މިންތީގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތެއްގެ ސަބަބުން ކަމަށެވެ.

އުފާވެރި އަމާން ދިވެހިރާއްޖެ މެނިފެސްޓޯގެ ދަށުން ހާސިލްކޮށްފައިވާ އަންހެނުން ބާރުވެރި ކުރުމުގައި ހުރި ފަހި ފުރުސަތުތައް ވެސް ޔުމްނާ ވަނީ ފާހަގަ ކުރައްވާފައެވެ. 

އެގޮތުން ސަރުކާރުން ހާސިލް ކޮށްފައިވާ ބައެއްކަންތައް އެގޭނެ ހެން ޔުމްނާ ޓްވީޓް އާއި އެކު ފާހަގަކޮށްފައިވާއިރު، 33 އިންސައްތަ އަންހެނުންނަކީ ކެބިނެޓްގައި ހިމެނޭ އަންހެނުން ކަމަށް ކަނޑައަޅަން ނިންމާފައިވުމަކީ އަންހެނުންނަށް ހުރި ކުރިއެރުމުގެ ތެރޭން ބޮޑު ކުރިއެރުމެއްގެ ގޮތުގަ އޭނާ ފާހަގަ ކުރެއްވިއެވެ.

އުފާވެރި އަމާން ރާއްޖެ އާއި އެކު ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްކުރާ 50 އިންސައްތަ އަންހެނުން ހަމަޖައްސާފައިވާ ކަންވެސް އެނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ފުލުހުންނާއި ސިފައިންގެ ތެރޭގައި މަތީ ރޭންކު ތަކުގައިވެސް އަންހެނުން ޝަމިލްވާ ގޮތަށް މިފަހަރުގެ މެނިފެސްޓޯގައި ހަމަޖައްސާފައިވެއެވެ.

މެޓާނިޓީ އަދި ޕެޓާނިޓީ ލީވްގެ މުއްދަތު އިތުރުކޮށް ފަޑިޔާރުންނަށް ވެސް އަންހެނުނަށް ފުރުސަތު ހުޅުވާލާފައިވެއެވެ.

މީގެ އިތުރުން ގޭގައި މަސައްކަތް ކުރާ އަންހެނުންނަށާއި، އޮތެންޓިކް ފިހާރަތަކުން މަސައްކަތް ކުރާ ސަޕްލަޔަރުންނަށް ވެސް އަންހެނުން ހަމަޖެއްސެން ޖެހޭނެ ކަމަށްވެއެވެ. މެނިފެސްޓޯގައި އިތުރު ފުރުސަތުތައް އަންހެނުންނަށް ހުޅުވާލާފައިވާއިރު، މެދުފަންތީގެ ވިޔަފާރިތަކާއި، ޗައިލްޑް ކެއާ ސްޕޭސް ގާއިމު ކުރުމާއި، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޑޮމެސްޓިކް ވަޔަލެންސް ޝެލްޓާ ގާއިމުކުރުން ވެސް ހިމަނާފައިވެއެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް