ads
އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް. -- ފޮޓޯ: ސަން
ޑިމޮކްރެޓުން އެނބުރި އެމްޑީޕީއަށް އައުމަށް އަސްލަމް ދައުވަތު ދެއްވައިފި
ޑިމޮކްރެޓުން އެނބުރި އެމްޑީޕީއާއި ގުޅުމަށް ރައީސް އިބްރާހީމު މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ދައުވަތު ދެއްވައިފިއެވެ.
Advertisement

ފ، ބިލެއްދޫ އަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ޑިމޮކްރޭޓުންގެ އެމީހުންގެ އަސްލަށް ރުޖޫއަ ވުމަށެވެ.

"ދޫކޮށްފަ ދިޔަ އެމްޑީޕީގެ މެމްބަރުނަށް އަޅުގަނޑު ގޮވާލަން ބޭނުންވަނީ އެނބުރި ތިބޭފުޅުންގެ އަސްލު އުފަން އެމްޑީޕީ އަށް ތިބޭފުޅުން ރުޖޫއަވެ ވަޑައިގަންނަވާށޭ،" -އަސްލަމް-

އަސްލަމް ވިދާޅުވީ މިކުރާ މަސައްކަތަކީ އެންމެން އެކުލަވާލާއިގެން ކުރައްވާ މަސައްކަތެއް ކަމަށާއި، އެންމެން އެކުވެގެން ކުރަންފެށި ބުރަ މަސައްކަތެއް ކަމަށެވެ. އެއީ ގައުމު ތަރައްގީ ކުރަން ކުރާ މަސައްކަތެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"އެ މަސައްކަތް މިހާރުވެސް އަޅުގަނޑުމެން މިކުރަނީ އެހެންވީމަ ތިބޭފުޅުން އަޅުގަނޑުމެން ދޫކޮށް ޕީޕީއެމްއަށް ދިޔުން ގަބޫލެއް ނުކުރެވޭ. އެއީ އެއްކަމެއްވެސް ކުރެވުނު ބައެއްނޫން،" -އަސްލަމް-

އަސްލަމް މިހެން ވިދާޅުވެ، ޑިމޮރެޓުން އެމްޑީޕީއާއި ގުޅުމަށް ދައުވަތު ދެއްވާފައިވާއިރު، ޑިމޮކްރޭޓްސް ނަމުގައި ޕާޓީ އެއް އުފައްދާފައިވަނީ ރިޔާސީ ޕްރަައިމަރީއަށްފަހު އެމްޑީޕީ ތެރޭގައި އުފެދުނު ކޯޅުމާއި، ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

އެގޮތުން އެމްޑީޕީގެ ރައީސްކަން އެންމެ ގިނަ ދުވަހަށް ކުރެއްވި، އަދި އެންމެ ފުރަތަމަ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ކުރެއްވި ރައީސް މުހައްމަދު ނަޝީދާއިއެކު 12 މެމަބަރަކު ޕާޓީ ދޫކުރައްވާ ޑިމޮކްރޭޓްސް އުފެއްދުމުގެ މަސައްކަތް ފަށާ އެ ޕާޓީ ވުޖޫދަށް ގެނެސްފައިވެއެވެ. 

އެ ޕާޓީ ފުރަތަމަ ވުޖޫދަށް ގެނައީ 3000 މެންބަރުންނާއި އެކުގައެވެ. މިހާރު އެޕާޓީން ގެންދަނީ އެ ޕާޓީން ނެރެފައިވާ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު އަށް 9 ސެޕްޓަމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދިނުމަށް ކެމްޕޭން ކުރަމުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް