މާދަމާ ދާރުލްއާސާރު ހުޅުވަން ނިންމާފައިވަނީ ދުވަސް ތަކަކަށް އެ އިމާރާތް މަރާމާތުކުރުމަށް ބަންދުކޮށްފައި އޮތުމަށްފަހުއެވެ.
ދާރުލްއާސާރު އަލުން ހުޅުވަން ނިންމާފައިވަނީ އެ އިމާތާރާތައް ގެނައި އަޕްގްރޭޑުގެ މަސައްކަތަށް ފަހުގައެވެ.
އިމާރާތް ހުޅުވުމުގެ ކުރިން ދާރުލް އާސާރުގައިވާ ތަކެތި ބައްލަވާލެއްވުމަށް މިނިސްޓާ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އާއި ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ މިއަދު ވަނީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވާފައެވެ.
ދާރުލްއާސާރު ތަރައްގީކުރުމަށް ހިންގުނު ޕްރޮޖެކްޓްގެ ދަށުން ބީއެމްއެލްގެ އެހީގައި ދާރުލްއާސާރުގައި ކުރިން ބަހައްޓާފައިނުވާ ބައެއް އާސާރީތަކެތި ރައްކާތެރިކޮށް އަދާހަމައްޓާ ބެލެހެއްޓުން ކުރިއަށް ގެންގޮސްފައިވެއެވެ. އަލަށް ރައްކާކުރި ތަކެތި ޑިސްޕްލޭ ކުރަނީވެސް ބީއެމްއެލްގެ އެހީގައެވެ.
ސްކޫލް ދަރިވަރުންނާއި ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީހާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ހާއްސަ މަލްޓިމީޑިއާ ރޫމެއްވެސްވަނީ މިހާރު ވަނީ ގާއިމްކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބެހެއްޓުނު އޭޓީއެމްވެސް ވެސް ވަނީ ދާރުލްއާސާރުގައި ޑިސްޕްލޭކުރަން ބަހައްޓާފައެވެ.