ads
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ---
ޓްރާންސް ޕޯޓު މިނިސްޓްރީން ވިއްކާ ޑޮމެއިންގެ ފައިސާ ދައުލަތަކަށް ނުވަދޭ: ރައީސް އޮފީސް
ދައުލަތަށް މަންފާ ނުލިބޭ ގޮތަކަށް، ގަވައިދާ ހިލާފަށް މިނިސްޓްރީން ޑޮމެއިން ވިއްކާކަން ފާހަގަކުރެވިފައިވާކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ވިދާޅުވެއްޖެެވެ.

ޓްރާންސް ޕޯޓު މިނިސްޓަރު ނަހުލާއަށްް، ރައީސް އޮފީހުގެ ޗީފު އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މި ދައުރުގެ ތެރޭގައި މިހާތަނަށް ދެވިފައިވާ ޑޮމެއިންތަކުގެ ތަފްސީލާއި ޑޮމެއިން ވިއްކުމާ ގުޅޭގޮތުން އެ މިނިސްޓްރީން އަމަލުކުރައްވަމުން އަންނަ އުސޫލުތަކާއި ޑޮމެއިން ވިއްކުމާ ގުޅޭ ކަންކަން އިސްވެ ހަވާލާ ދެވުނު ގަވައިދާ އެއްގޮތަށް ނުހިންގިފައިވާ ސަބަބެއް ވެވަޑައިގެން އެންމެ އަވަހަކަށް އަންގަވައިދެއްވުން އެދޭ ކަމަށެވެ.

"ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ގޮތަކަށް، ގަވައިދާ ހިލާފަށް ޑޮމެއިން ވިއްކާ ކަން ފާހަގަކުރެވިފައިވޭ" ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

މި ދައުރުގެ ތެރޭގައި މިހާތަނަށް ހިދުމަތް ދެވިފައިވާ ޑޮމެއިންތަކާއި ގުޅޭ ތަފްސީލާއި، ޑޮމެއިން ވިއްކުމާއި، ގުޅޭ ގޮތުން މިނިސްޓރީން އަމަލު ކުރައްވަމުން ގެންދަވާ އުސޫލުތަކާއި، ޑޮމެއިން ވިއްކުމުގެ ގުޅޭ ކަންކަން އިސްވެ ހަވާލުވެވުނު އިސްލާހާއި، އެއްގޮތަށް ނުހިންގަވާ ސަބަބެއް ވިހާވެސް އަވަހަކަށް އެންގެވުން އެދޭ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެގޮތުން ރައިސް އޮފީހުން ވަކި ގޮތެއް އަންގަވަންދެން ޑޮމެއިން އާއި ބެހޭ އެއްވެސް މުއާމަލާތެއް ނުކުރެއްވުމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް