ads
ޓީޗަރަކު ރޭޕް ކުރަން އުޅުން މީހަކު ހައްޔަރުކޮށްފި
މެދު ރާއްޖޭ ތެރޭ ރަށެއްގައި މަސައްކަތް ކުރާ އިންޑިޔާ ޓީޗަރަކު ރޭޕް ކުރަން އުޅުނު ލަންކާ މީހަކު ހައްޔަރުކޮށްފިއެވެ.

މެދު ރާއްޖޭ ތެރޭ ރަށެއްގައި މަސައްކަތް ކުރާ އިންޑިޔާ ޓީޗަރަކު ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ލަންކާ މީހެކެވެ. އޭނާގެ މައްޗަށް މާރާމާރީ ހިންގައި، ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތު ކުރެވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅި އަކުން ހަމަލާދޭން ވެސް މި ލަންކާ މީހާ މަސައްކަތްކޮށްފައިވެއެވެ.  

ރޭޕްގެ ތުހުމަތު ކުރެވުނު މި ލަންކާ މީހާ ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހު ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ އޭނާ ފިލައި ރައްކާވެދާނެ ކަމަށްވެސް ބަލާފައެވެ.

މި މައްސަލައިގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މައްސަލަ ހިނގާފައިވާ ރަށާއި، އަދި އެނޫންވެސް އެފަދަ މައުލޫމާތުތައް ސީއެންއެމަށް ލިބިފައިވީނަމަވެސް އަނިޔާ ލިބުނު ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެ މައުލޫމާތު ހަބަރުގައި ހިމަނާފައެއް ނުވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް