ads
ގައުމީ ޖޫނިއާ ޗެސް މުބާރާތުގެ ތެރެއިން
ގައުމީ ޖޫނިއާ ޗެސް މުބާރާތް ނިންމާލައިފި
މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ކެލޮގްސް ނެޝަނަލް ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 12 އިން 27 ގެ ނިޔަލަށް، ހުޅުމާލޭގައި ހުންނަ ޗެސް އާކޭޑުގައެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 200 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރިއެވެ. 

ހަ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ކޮންމެ އުމުރުފުރާއެއްގައި އަންހެން އަދި އޯޕަން ޑިވިޝަންގެ ކުޅުން ކުރިއަށް ގެންދިޔައެވެ. 

މުބާރާތުގެ އުމުރުފުރާތަކުން އެއްވަނަ ހޯދި ކުޅުންތެރިން

  • އިސްމާއިލް އާކިން ހަސަން ( 8 އަހަރުން ދަށް - އޯޕަން ކެޓަގަރީ)
  • އައިޝަތު ނޯޔާ ޝަހުދާން ޝަރީފް ( 8 އަހަރުން ދަށް - ގާލްސް ކެޓަގަރީ)
  • މުހައްމަދު ޔޫއާން ޔަކްސަން ( 10 އަހަރުން ދަށް - އޯޕަން ކެޓަގަރީ)
  • އިސްރާ އާރާ އިބްރާހިމް ޝަފީއު ( 10 އަހަރުން ދަށް - ގާލްސް ކެޓަގަރީ)
  • މުގްސިތު މުހައްމަދު މަހްފޫޒް ( 12 އަހަރުން ދަށް - އޯޕަން ކެޓަގަރީ)
  • އީނާ އަބްދުﷲ ހަސަން ( 12 އަހަރުން ދަށް - ގާލްސް ކެޓަގަރީ)
  • މުހައްމަދު އަލްމާން ހަސަން ( 14 އަހަރުން ދަށް - އޯޕަން ކެޓަގަރީ)
  • ފާތިމަތު ޒޯޔާ ހަސަން ސައީދު ( 14 އަހަރުން ދަށް - ގާލްސް ކެޓަގަރީ)
  • އިކާން ވަލީދް ( 16 އަހަރުން ދަށް - އޯޕަން ކެޓަގަރީ)
  • އައިޝަތު ސާރާ އިސްމާއިލް ( 16 އަހަރުން ދަށް - ގާލްސް ކެޓަގަރީ)
  • މުޖާހިދު ބިން ޔަޒީދް ( 18 އަހަރުން ދަށް - އޯޕަން ކެޓަގަރީ)
  • މަރިޔަމް ލައިސާ އަބްދުލް ރަޝީދު ( 18 އަހަރުން ދަށް - ގާލްސް ކެޓަގަރީ)

މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ކެލޯގްސްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ އެމްޔޫ ސްޓޯރާއި ޔޫރޯ ސްޓޯރެވެ. ޕްރިންޓިން ޕާޓްނަރަކީ 3 ލަޔަން ޕްރިންޓާސްއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސީއެންއެމްއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް