ads
ރާއްޖޭގެ ފުރަަތަމަ ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ
ޔޫއެސްއެއިޑްގެ އެހީތެރިކަމާ އެކު ކްލައިމެޓް އެކްޝަން ޕްލޭނެއް
ރާއްޖޭގެ ފުރަަތަމަ ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން އިފްތިތާހުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މި އެކްޝަން ޕްލޭން އިފްތިތާހުކޮށްފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީތެރިކަމާއި އެކުގައެވެ.

މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މި ރަސްމިއްޔާތުގައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މޯލްޑިވްސް ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭނަކީ މުޖުތަމައުތައް މަރުކަޒުކުރުމާއި ދިރުންތައް އާލާކޮށް އަދި މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ ދުނިޔެ ކުރިއަށް ގެންދެވޭނެ ތަސައްވުރެއް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެނައުމަށް ކަނޑަަޅާފައިވާ ޕްލޭނެކެވެ. މީގެ އިތުރުން ޓޫރިޒަމް ސިނާއަތަށް ކުރަމުންދާ އަސަރުތައް ދެނެގަނެ، އެޑެޕްޓިވް އެކްޝަންތައް ހެދުމަށް މި ޕްލޭންގައި ހިމަނާފައިވެއެވެ.

މޯލްޑިވްސް ޓޫރިޒަމް އެކްޝަން ޕްލޭންގައި ފަސް މަގުސަދެއް ވަނީ ހިމަނާފައެވެ. އެއީ މުޖުތަމައުގެ ތަޖުރިބާތަކާއި އިސްކަންދޭ ކަންކަން އެއްކޮށްލުމާއި އެ ތަނެއްގެ އެސެޓްސް ހިމާޔަތް ކުރުމާއި ގުދުރަތީ ދިރުންތައް އާލާކުރުމުގެ އިތުރުން ވިޔަފާރީގެ މޮޑެލްތައް ތަފާތުކޮށް ދުނިޔޭގެ އިސްނެގުމާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމެވެ.

އެކްޝަން ޕްލޭންގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުތަކަށް ފައިނޭންސްގެ ފުރުސަތުތައް ކަނޑައަޅައި، ގުދުރަތީ އެންމެ ރަނގަޅު ހައްލުތަކާއި ކާބަން އޮފްސެޓިން ފަދަ އީޖާދީ ފައިނޭންސިންގެ ފުރުސަތުތަކަށް ބަލާފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ތަރައްގީވަމުން އަންނަ ބައިނަލްއަގުވާމީ ކްލައިމެޓް ފައިނޭންސް ލޭންޑްސްކޭޕާއި އެއްގޮތް ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް