ads
މުދަލު ޒަކާތް:- ފައިލް ފޮޓޯ
މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށްފި
މުދަލު ޒަކާތުގެ ނިސާބު އިސްލާމިކް މިނިސްޓްރީން ކުޑަކޮށްފިއެވެ.
Advertisement

އެ މިނިސްޓްރީން މިއަދު ބުނީ ނިސާބަށް ބަދަލު ގެނެސްފައިވަނީ މިމަހު 29 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7,151.90 ކަމަށް އެ މިނިސްޓްރީން ބުންޏެވެ. 

މިހެންކަމުން އެންމެ ފަހުން ހުރި މިންވަރާ އަޅާ ބަލާއިރު 160 ރުފިޔާ ވަނީ ކުޑަވެފައެވެ. 

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލުގެނައީ މިދިޔަ މެއި މަހު ތެރޭގައެެވެ. އޭރު ނިސާބުގެ އަގަކީ 7،312.55 ރުފިޔާއެވެ. މި ނިމުނު އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ބަދަލު ގެނައެވެ. އޭރު ކަނޑައެޅި އަގަކީ  5777.45 ރުފިޔާއެވެ. އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 6396.25 ރުފިޔާގައެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގުހުރި މިންވަރުންނެވެ. 

މުދަލު ޒަކާތް ހަމަވަނީ ނިސާބު ހަމަވާ މިންވަރަށް ފައިސާ ރައްކާކޮށްފައިހުންނަތާ ހިޖުރީ ގޮތުން އަހަރެއްވުމުނެވެ. ރާއްޖޭގަ މުދަލު ޒަކާތް ނެރެން ޖެހެނީ 2.5 އިންސައްތައިންނެވެ. އަހަރުގެ ކޮންމެ ހިސާބެއްގައިވެސް މީރާއަށް މުދަލު ޒަކާތް ދެއްކިދާނެއެވެ.

އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކިދާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް