ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--
އޭލެވެލް އިމްތިހާނު ފަސްކުރުމަށް އަދި ގޮތެއް ނުނިންމަން: އެޑިއުކޭޝަން
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން މިހާތަނަށް ރާއްޖޭގައި އޭލެވެލް ފަސް ކުރަން ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސްކޫލުތަކުގެ ކިޔެވެމުން ވެސް މެދުކެނޑިފައިވާ މިދަނޑިވަޅުގައި ގިނަ ބަޔަކު އަންނަނީ އޯލެވެލް އާއި އޭލެވެލް އިމްތިހާނާ މެދު ނިންމާނީ ކިހިނެއްތޯ ސުވާލު އުފައްދަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް އެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ މެއި ޖޫންގައި ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކުރިނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

މިހެންވެ، ދިވެހިރާއްޖޭގެ ދަރިވަރުން، މެއި ޖޫންގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ ނޮވެލް ކޮރޯނާ ވައިރަހަށް މިހާރު 218,815 މީހަކު ވަނީ ޕޮސިޓިވް ވެފަ އެވެ. 8,810 މީހުން މި ބަލީގެ ސަބަބުން މަރުވެފައިވެ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މި ވައިރަސް ގެ ސަބަބުން ވަނީ ސްކޫލް ތަކާއި ޔުނިވާސިޓީތައް ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް