ހަބަރު /

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ހިރިޔާ ސްކޫލުގަ
ކިޔަވައިދޭ ތަންތަނުގެ ފެންވަރު ބަލަން ފަށައިފި
ފާތިމަތު ޝާއިމާ
30 އޯގަސްޓް 2023 - 14:22:15
ކިޔަވައިދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން "ތައުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ގަވާއިދު" އެކުލަވާލައި، އޭގެ ދަށުން ކިޔަވައިދޭ ތަންތަނުގެ ފެންވަރު ބަލައި، ރިވުއުކުރަންޖެހޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައި އެ މަސައްކަތް ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ގަވާއިދެއްގައި ބުނެފައިވަނީ ކިޔަވައިދޭ ހުރިހާތަންތަނެއް ވެސް ޗެކުކުރާނެކަމަށެވެ. އެގޮތުން ސަރުކާރުގެ ސްކޫލުތަކާއި އަމިއްލަ ސްކޫލުތަކުގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިފް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލްތަކުގެ އިތުރުން ޕްރީސްކޫލްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މަރުކަޒުތައް، ޓިއުޝަން ދޭ ތަންތަން އަދި ގުރުއާން ކިޔަވައިދޭ ކްލާސްތައް ވެސް ބަލައި ފާސް ކުރާނެއެވެ.
ސްކޫލްތަކާއި ކިޔަވައިދޭ ތަނަތްނުގެ ފެންވަރު ބެލުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަންކަން:
- ކިޔަވައިދޭ ހުރިހާ ތަންތަނެއް ބަލައި ފާސްކުރުން.
- ސްކޫލްތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ވަޒަންކުރުމަށް ނެޝަނަލް އެސެސްމެންޓްތައް ބޭއްވުން.
- މުދައްރިސުންނަކީ ރަޖިސްޓްރީކުރެވި ލައިސެންސް ލިބިފައިވާ ފަރާތްތަކެއްކަން ޔަގީންކުރުން.
- ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެހެން ތަންތަނަށް މަދުވެގެން ތިން އަހަރުން އެއް ފަހަރު ޒިޔާރާތްކޮށް، އެ ތަންތަނުގެ ހާލަތު ވަޒަންކޮށް އިރުޝާދު ދިނުން.
- ތައުލީމީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމަށް ހަދަންޖެހޭ ދިރާސާތައް ހަދައި، ހޯދުންތައް ހިއްސާކުރުން.
- މިނިސްޓްރީން ދޭ އިރުޝާދުތަކާއި އެއްގޮތަށް ކިޔަވައިދޭ އެހެން ތަންތަނުން އަމަލުކުރޭތޯ ބަލައި މޮނީޓާ ކުރުން.
- ސްކޫލުތަކުގެ މުއައްޒަފުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލުތަކަށް ސިޔާސަތުތައް ކަނޑައެޅުމުގައި ފަންނީ ލަފާދިނުމާއި، ގައުމީ މަންހަޖުތައް ތަންފީޒުވަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމާއެކު، އަދި ރިވިއުތަކަށް ފަހު ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި މިނިސްޓްރީން ސްކޫލުތަކާއި ކިޔަވައިދޭ ތަންތަނަށް އިރުޝާދާއި ލަފާ ދޭނެއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް