ads
ރައީސް ސޯލިހުގެ ކެމްޕޭނު އިވެންޓެއްގައި މާރިޔާ
ޑރ. މުއިއްޒު އަކީ ކަނޑު ދަތުރަށް ނުފަރިތަ ބޭފުޅެއް: މާރިޔާ
ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަކީ ކަނޑު ދަތުރަށް ނުފަރިތަ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދިދީ ވިދާޅުވެއްޖެއެވެ.
Advertisement

ނޫސްވެރިންނާއި ބައްދަލު ކުރައްވާ މިއަދު ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ މުއިއްޒު އަކީ ކަނޑަށް ނުފަރިތަ ބޭފުޅެއް ކަމަށާއި، އެބޭފުޅާ އަށް ރާއްޖޭގެ ހުރިހާ ރަށްށަށް ވަޑައިނުގެންނެވޭނެކަމަށްވެސް އަމިއްލަފުޅަށް ވިދާޅުވެފައިވާކަމަށެވެ. 

އެބޭފުޅާ އާންމު ރައްޔިތުންގެ އަރިހަށް ވަޑައިނުގަނަވާ، އާންމު ރައްޔިތުން އެބާފުޅާ ގާތަށް ވަޑައިގަތުމަށް މުއިއްޒު އުންމީދު ކުރައްވާކަމަށް ވެސް މާރިޔާ ވިދާޅުިވިއެވެ. 

"އާންމު ރައްޔިތުން އެބޭފުޅާ ކައިރިއަށް މިޖެހެނީ ގެންދަން. އެހެންކަމުން އެބޭފުޅާ އަށް މާބޮޑު ތާއިދެއް ނެތް. އެކި ކޮޅުކޮޅުން ގުނާލީމާ އަޅުގަނޑުމެންނަށް ފެންނަނީ ރައީސް ސޯލިހު އަރާވަޑައިގަތީމަ ރައްޔިތުން ނުކުންނަތަން،" -މާރިޔާ-

ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލު ވުމެއްގައި މާރިޔާ އަންނަނީ ޑރ. މުއިއްޒުއަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން މުއިއްޒުގެ އަނބިކަބަލުންގެ ބޭބެއަކީ ސަލަފުގެ ރައީސް ކަމަށާއި، ސަލަފަށް ނިސްބަތްވާ ގިނަބަޔަކު ކޮންމެ ދުވަހަކުވެސް ޑރ. މުއިއްޒުއަށް ތާއީދު ކުރަމުން އަންނަކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އަދި ހަރުކަށި ފިކުގެ މީހުން ޑރ. މުއިއްޒުއަށް ކެމްޕޭނު ކުރާކަން ފާހަގަކުރެވޭކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ. 

"އެބޭފުޅާ ވިދާޅުވެއްޖެ އެބޭފުޅާ އަށް ހުރިހާ ރަށްރަށަށް ނުދެވޭނެޔޭ. ތި ބޭފުޅުންނަށްވެސް އެގިލައްވާނެ އެބޭފުޅާ އަކީ ކަނޑުދަތުރަށް ވަރަށް ނުފަރިތަ ބޭފުޅެއް ކަން،" - މާރިޔާ -

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިނުގަނެވޭނެކަމަށް ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނ. ކެނދިކުޅުދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

މުއިއްޒު ވިދާޅުވެފައިވަނީ އެނާއަށް ހުރިހާ ރަށަކަށް ވަޑައިނުގަނެވެނީ ކެމްޕޭނު ފެއްޓެވުނުލެއް ލަސްކަމުންކަމަށެވެ.  

އޭނާ ވަނީ ހުރިހާ ރަށަކަށް ވާޑައިނުގަނެވުނު ނަމަވެސް ސަޕޯޓަރުން "މާޔޫސްވެ" ނުވުމަށް އެދިލައްވާފައެވެ. އަދި އެއީ "ބާކީކުރުން ނޫންކަަމަށް" ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. 

މިގޮތުން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަށް ހުރިހާ ރަށަކަށް ވަޑައިނުގަންނެވުނު ނަމަވެސް، އޭނާގެ ރަނިންމޭޓު ހުސެން މުހައްމަދު އަދި ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނު ޓީމު މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރާނެކަމަށް މުއިއްޒު އެ ޖަލްސާގައި ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް