މެޓުން ހާމަ ކުރައްވާފައިވާ ގޮތުގައި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި އުދައިގެ އަސަރު ކުރާނެއެވެ.
"އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ،" -މެޓް އޮފީސް-
މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް ބުނެފައިވެއެވެ.
އުދައިގެ އަސަރު ކުރާނެ ކަމަށް ބުނެފައިވާއިރު، ރާޅުގެ އުސްމިން ހުރީ ހަފޫޓާ ހަމަޔަށް ކަމަށްވެސް މެޓުން ބުނެއެވެ.