ads
ބައްސާމް
އަމިއްލަ ކުންފުންޏަކަށް ދެލައްކަ ޑޮލަރު ދައްކަން އެފްއޭއެމަށް ހުކުމެއް
އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 200،000 ޑޮލަރު ދައްކަން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމެއް ކޮށްފިއެވެ.

މިއީ، 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، އެލް ކުންފުނިން ދަރަންޏެއްގެ ގޮތުގައި އެފްއޭއެމުން ނެގި، 3،084000(ތިން މިލިއަން، އަށްޑިހަ ހަތަރުހާސް) ރުފިޔާ، އެ ކުންފުންޏަށް އަނބުރައި ނުދައްކައިގެން އެފްއޭއެމާ ދެކޮޅަށް ދައުވާ ކުރި މައްސަލައެކެވެ. 

މި މައްސަލަައިގެ ހުކުމުގައި ސިވިލް ކޯޓުން ހުކުމް ކުރެއްވީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން 200،000 ޑޮލަރާއި ޝަރީއަތުގެ ހަރަދަށް ހިނގި 5،000ރ. ކޯޓަށް ދެއްކުމަށެވެ. 

ހުކުމުގައި ބުނެފައިވާ ގޮތުން، އެލް އަށް ދޭންޖެހޭ ދެ ލައްކަ ޑޮލަރުގެ ތެރެއިން މިހާތަނަށް އެއްވެސް މިންވަރެއް އެފްއޭއެމުން ދައްކާފައެއް ވެސް ނުވެ އެވެ. ފައިސާ ނުދެއްކުމުން އެލް އަށް ވެފައިވާ ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ވެސް ވަނީ އެލް އިން ކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް