ads
ޔުމްނު ވެއްޓިގެން އިންސާފުހޯދުމަށް ގޮވާލާ ކުރާ މުޒާހަރާ: ފޮޓޯ ސީއްއެންއެމް
ޔުމްނުއަށް އިންސާފު ހޯދަން ގޮވާލާ މިރޭ އެއްވީ ޕޮލިސް ކައިރިޔަށް
އުސް އިމާރާތަކުން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރަމުން އަންނަ މުޒާހަރާގައި ޒުވާނުން މިރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިޔަށް އެއްވެއްޖެއެވެ.
Advertisement

ޔުމްނު އަށް އިންސާފު ހޯދައިދޭން ޒުވާނުން ފެށި މުޒާހަރާތައް ފުރަތަމަ ކުރަމުން ދިޔައީ ހެންވޭރު ޕޮލިސް ސްޓޭޝަް ކައިރީގައެވެ. އެހެންނަމަވެސް މިމަހުގެ 2 ވަނަދުވަހު އެ މުޒާހަރާ ރޫޅާލާ ދެ ޒުވާނަކު ހައްޔަރުކުރިއެވެ. އަދި އޭގެ ފަހުން އެތަނުގައި މުޒާހަރާ ނުކުރެވޭނެކަމަށް ބުނެ މާލޭގައި އެއްވެވޭނެ 4 ތަނެއް ފުލުހުން އިއުލާންކުރިއެވެ. 

އޭގެ ހަފްތާއެއް ފަހުން ޒުވާނުން އަނެއްކާވެސް މިރޭ އެއްވެ އަޑު އުފުލަމުން ދަނީ ހެންވާރު ޕޮލިސް ސްޓޭޝަން ކައިރީގައެވެ. ޒުވާނުން ގޮވަމުން އަންނަނީ ޔުމްނު  "ވެއްޓުނީކީ ނޫން، ވައްޓާލީ" ކަމަށެވެ.

ޔުމްނުގެ އާއިލާއިން ރޭ އެނާގެ ދައްތަ ވަނީ ފުރަތަމަ ފަހަރަށް އެ ހާދިސާއާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އޭނާގެ ދައްތަ ބުނީ ޔުމްނު އަމިއްލަށް ފުންމާލީ ނޫންކަމަށް ޔުމްނު ބުނިކަމަށެވެ. އަދި އެރޭ ޔުމްނު ރައުދުގެ އިތުރުން އެތަނުގައި އިތުރު ހަތަރު މީހުން އުޅުނުކަމަށްވެސް ޔުމްނު ބުނިކަމަށް އޭނާގެ ދައްތަ ރޭ ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް