ads
ބިންވެރިޔާ ސްކީމުން ބިން ލިބުނު ފަރާތަކަށް އިންވަކިކޮށް ގޯތި ހަވާލު ކުރަނީ---ފޮޓޯ:ހައުސިން މިނިސްޓްރީ
ބިންވެރިޔާ ސްކީމުން ބިން ލިބުނު ފަރާތްތަކަށް ގޯތި ދޫކޮށްލުމުގެ މުއްދަތު އިތުރުކޮށްދީފި
ގޯތި ލިބޭ ފަރާތަކީ ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއް ނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން ދީފައި އޮތް މުއްދަތު އިތުރުކޮށްފިއެވެ.

ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި  ލިބޭ  ފަރާތަކީ ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއްނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން  އޮތް  މުއްދަތަށް ސަރުކާރުން ބަދަލު ގެންނަވާފައިވާ ކަމަށެވެ.އަދި މިހާރު ހަމަޖައްސަވާފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 5 އަހަރު ކަމަށް ވެސް އަކުރަމު ކަމާލުއްދީން ވިދާޅުވިއެވެ. 

ގޯތި ކަނޑައި، ގޯތީގެ ރަޖިސްޓްރީ ދިނުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން 27 އޮގަސްޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަކުރަމު ވަނީ މީހަކަށް ކުރިން ލިބިފައިވާ ބިން ދޫކޮށްލުމުގައި އަމަލުކުރަން ޖެހޭ ގޮތް ސާފުކޮށްދެއްވާފައެވެ.

އެގޮތުން އަކްރަމް ވިދާޅުވީ ގޯތި ލިބެނީ ވެސް 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮވެއްޖެ ކަމަށްވާ ނަމަ ކަމަށެވެ. އެ ބިން ދޫކޮށްލުމަށް ދޭ ތިން މަސް ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅައިގެން ނިންމުމަށާއި ދެ އަހަރު ދުވަހުގެ ތެރޭގައި ބިން އެކީ ދޫކޮށްލުމަށް ނިންމަން ޖެހޭނެ ކަމަށެވެ. ނަމަވެސް އަކްރަމް ވިދާޅުވި ގޮތުގައި ބިންވެރިޔާ ސްކީމުން ގޯތި ލިބުމާ ގުޅިގެން ކުރިން ލިބިފައިވާ ބިން ވަގުތުން ވަގުތަށް ދޫކޮށްލަން ނުޖެހޭނެއެވެ.  އަދި މިހާރު ގޯތި ދޫކޮށްލުމަށް ކުރިން އޮތް މުއްދަތު މިހާރުވަނީ ފަސް އަހަރަށް ބަދަލުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް