ads
އާރުޓީއެލް ފެރީތަކެއް: އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވަނީ ނ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ނޮވެމްބަރު 17 ގެ ކުރިން ފަށާނެ ކަމަށް - ފޮޓޯ:އެމްޓީސީސީ
ނ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ނޮވެމްބަރު 17 ގެ ކުރިން ފަށާނެ: އާޒިމް
ނ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ކުރިން ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ހުވަދު އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުން ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުން މިއަދު ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ ރައީސް އިބްރާހީމު މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ނ. އަތޮޅަށް އާރުޓީއެލް ފެރީގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސްގެ ވައުދެއް ކަމަށެވެ.

"17 ނޮވެމްބަރު ވާ ހުކުރު ދުވަހު މަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ކުރިން އާރުޓީއެލްގެ ހިދުމަތް ނ. އަތޮޅުގައި އޮންނާނީ ފެށިފައި،" - އެމްޓީސީސީގެ ސީއީއޯ އާޒިމް

ރައީސް ސޯލިހުގެ ދެވަނަ ދަައުރު ފެށި 2024 ވަނަ އަހަރު ނިމޭއިރު މުޅި ރާއްޖެ އޮންނާނީ އާރުޓީއެލް ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލެވިފައި ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ޅޮއްސަށް ވަޑަައިގެން ރައީސް ވިދާޅުވެފައިވަނީ އާރުޓީއެލްގެ ހިދުމަތް ބޮޑުތިލަދުންމަތީގައި ފެށި، ހުވަދު އަތޮޅުގައިވެސް ފަށައިގެން ކުރިއަށްދާ ކަމަށާއި އެ ހިދުމަތް ދެން ފަށާނީ ނ. އަތޮޅުގައި ކަމަށެވެ.

"މިހާރު ވަނީ އެ ކަމަށް ބޭނުންވާ ލޯންޗްފަހަރު، އުޅަނދުފަހަރު ބަނުމަށް ކޮންޓްރެކްޓް ކުރެވިފައި. އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި، މި އަހަރު ނިމުމުގެ ކުރިން މި އަތޮޅުގައި އެ މަޝްރޫއު، އެ ހިދުމަތް ފެށިގެން ދިއުން. އިރާދަކުރެއްވިއްޔާ އެކަން ކުރެވިގެންދާނެ،" - ރައީސް ސޯލިހު

ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ހީނުކުރާވަރުގެ ކުރިއެރުމެއް ރަށްތަކަށް ލިބިގެންދާނެ ކަމަށާއި އެ މަންޒަރު ބޮޑުތިލަދުންމަތިންނާއި ހުވަދު އަތޮޅުން ފެންނަމުންދާ ކަމަށެވެ. ސިއްހީ ހިދުމަތް ހޯދުމަށާއި ވިޔަފާރި ދަތުރުގެ ގޮތުގައި ނުވަތަ އެނޫން ބޭނުންތަކުގައިވެސް ހެނދުނު ފުރައިގެން ގޮސް އެނބުރި ރަށަށް އާދެވޭނެ ކަމުގެ ޔަގީންކަން އެ ހިދުމަތުން ލިބިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

your imageއާޒިމް ރައީސް ސޯލިހު އާ ސަލާންކުރައްވަނީ: ވިދާޅުވީ 2024 ނިމޭއިރު މުޅި ރާއްޖެ އޮންނާނީ އާރުޓީއެލް ފެރީގެ ނިޒާމަކުން ގުޅާލެވިފައިކަމަށް - ފޮޓޯ:އެމްޓީސީސީ

ރައީސް ވިދާޅުވި ގޮތުގައި އާރުޓީއެލް ފެރީގެ ހިދުމަތާ އެކުގައި ނ. އަތޮޅަށްވެސް ބޮޑު ބަދަލެއް އަންނަތަން ފެނިގެންދާނެ ކަމުގައެވެ.

އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ އިތުރުން ށ. އަތޮޅަށްފަހު ޅ، ގއ، ގދ، ޏ އަދި ސ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް މިހާރު ފަށާފައިވުމުން އެކަމުގެ ކަންބޮޑުވުން ނ. އަތޮޅުގެ ރައްޔިތުން ވަނީ ފާޅުކޮށްފައެވެ.

އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ. އަދި ށ. އަތޮޅުގައި އެމްޓީސީސީގެ ފަރާތުން އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން އެ ކުންފުނިން ވަނީ ދެވަނަ ފިޔަވަހީގަައި ހިމެނޭ ޅ، ގއ، ގދ، ޏ އަދި ސ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށާފައެވެ.

ޅ. އަތޮޅާއި ގއ، ގދ، ޏ އަދި ސ އަތޮޅުގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ނ، ރ އަދި ބ އަތޮޅުގަައެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ފެރީގެ ނިޒާމުން ގުޅުވާލުމަށް ނިންމާފައިވަނީ ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ އަތޮޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް