ads
ގދ. ތިނަދޫގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވުން--- ފޮޓޯ:ރައީސް އޮފީސް
ތިނަދޫގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި
ގދ. ތިނަދޫގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފިއެވެ.

އިމިގްރޭޝަން އޮފީސް ރަސްމީކޮށް ހުޅުވައި ދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހެވެ.

އިމިގްރޭޝަންގެ އޮފީހެއް ތިނަދޫގައި އިފުތިތާޙުކޮށް މިއަދު ހުޅުވާފައިވާއިރު، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ވެސް އެތަނުން ވަނީ ދޭން ފަށާފައެވެ.

މިހާތަނަށ،ް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދީފައިވަނީ ހއ، ހދ، ޏ އަދި އައްޑު އަތޮޅުގައެވެ. އިމިގްރޭޝަނުުން ބުނީ ހުވަދޫ އަތޮޅުގައި އެ ޚިދުމަތް ފެށުން ވެގެން ދާނީ މި އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ކަމަށެވެ.

ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އެދި މިހާރު ހުށަހެޅޭނީ އޮންލައިންކޮށް ކަމަށާއި، އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް 'އިމުގާ' މެދުވެރިކޮށް އޮންލައިން ކޮށް ހިދުމަތް ދެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.  

އެ އޮފީސް ހުޅުވުމަށް މިނިސްޓަރ އޮފް ޑިފެންސް އާއި، މަޖިލީހުގެ ތިނަދޫ ދާއިރާ ތަމްސީލު ކުރައްވާ ދެ މެމްބަރުންނާއި އަދި ތިނަދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. 

އެ ރަސްމިއްޔާތުގައި ގދ. ތިނަދޫއިން އެންމެ ފުރަތަމަ ޕާސްޕޯޓު ދޫކުރެވުނު ފަރާތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް