އައިއޯއައިޖީގައި ވޮލީބޯޅަ ފިރިހެން ޓީމު ވަނީ މަޑަގަސްކަރާއާ ދެކޮޅަށް ކުޅެ، 3-1 ސެޓުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ. ފިރިހެން ވޮލީބޯޅަ ޓީމު ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުން ބަލިވީ ރީޔޫނިއަންއާ ވާދަކޮށް، 3-1 ސެޓުންނެވެ.
އަންހެން ވޮލީ ޓީމު ވެސް ކެޓީ ގްރޫޕް ސްޓޭޖު ދެ މެޗުން ބަލިވެގެންނެވެ. މޮރިޝަސް އަތުން ސީދާ ތިން ސެޓުން ބަލިވިއިރު، ދެ ވަނަ މެޗުން ސީޝެލްސް އަތުން ވެސް ބަލިވެފައިވަނީ ސެޓެއް ނުލިބި އެވެ.