ފުރަތަމަ ސިންގަލްސް އިވެންޓުތަކުގެ ގަދަ 32 ގެ ބުރު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި މުޙައްމަދު އަޖުފާން ރަޝީދު ވަނީ ސީދާ ދެ ސެޓުން މަޔޮޓްގެ ކޮރެންތީން ލެޕޮއިވޭ ބަލިކޮށްފައެވެ. އަޖުފާން ސެޓުތައް ގެންދިޔައީ 21-2، 21-2 އިންނެވެ.
ތޯއިފާއި ސީޝެލްސްގެ ޖީ ލުއޯ ވާދަކުރި މެޗު ތޯއިފް 2-1 އިން ކާމިޔާބުކޮށްފައިވާ އިރު، އެ މެޗުގެ ފުރަތަމަ ސެޓު ތޯއިފް ގެންދިޔައީ 21-19 އިންނެވެ. މެޗުގެ ދެވަނަ ސެޓު ތޯއިފަށް 19-21 އިން ގެއްލުމާއެކު ތިންވަނަ ސެޓަކަށް ނިމުނީ 30-29 އިންނެވެ.
އަފްނާން ގަދަ 16 އަށް ދަތުރުކުރީ ރިޔޫނިއަންގެ މަރީނާ ބިއެލޭ ސީދާ ދެސެޓުން ބަލިކޮށްފައެވެ. އަފްނާން ސެޓުތައް ގެންދިޔައީ 21-11، 21-16 އިންނެވެ. މަޔޮޓްގެ ސާރާ މިނާސް ކައިރިން ސީދާ ދެ ސެޓުން ޝަހުރުނާޒް މޮޅުވި އިރު، ސެޓުތައް ގެންދިޔައީ 21-6 އަދި 21-4 އިންނެވެ.