ads
ރައީސް އެމްޑީޕީ ޖަލްސާގައި ވާހަކަފުޅޫ ދައްކަވަނީ....
ހައުސިން ބޭންކެއް އުފައްދާ ހަ ޕަސަންޓުގައި އިމާރާތް ކުރަން ލޯނު ދެނީ
ހައުސިން ބޭންކެއް އުފައްދާ ހަ ޕަސެންޓަށްވުރެ ބޮޑުނުވާނެގޮތަކަށް ގެދޮރު އިމާރާތް ކުރުމަށް ލޯނު ދޫކުރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެއެވެ.
Advertisement

ކެމްޕޭން ދަތުރުފުޅުގައި ޅ. އޮޅުވެލި ފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ރައީސް ވިދާޅުވީ، އެކަން ކުރާނީ ހައުސިން ބޭންކެއްގެ ދަށުން އެކުރަނީ އަމިއްލަ ގޯތީގައި ގެދޮރު އެޅޭނެ ފަދައެއް ނެތިފައިތިބި ފަރާތްތަތަކަށް ގޯތި ހަދައިދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށެވެ.

އަދި ކުދި ރަށްރަށުގައި ބިން އިތުރުކޮށް ރޯ ހައުސްތަކާއި، ޕްލެޓް އަޅައިދޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ގޮތުން ވަރަށް ބޮޑަށް އިސްކަމެއް ދެވިގެން އަމިއްލަ ގެދޮރު އެޅޭނެ ގޮތް ނެތިފައި ތިބި ފަރާތްތަކަށް ލުއި ލޯނު ނެގޭނެ ގޮތް ހަދާއިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ހައުސިން ބޭންކެއް އުފައްދާ ހަ ޕަސަންޓަށް ވުރެ ބޮޑުނުވާނެ ހެން އިންޓްރެސްޓް ބަހައްޓާ ދިގު މުއްދަތުން ފައިސާ ދައްކާގޮތަށް ހަމަޖައްސައިގެން ކުރިއަށް ދާނީ،" ރައީސް

 

ރައީސް ވިދާޅުވީ އަމިއްލަ ގޯތީގައި ގެ އިމާރާތް ކުރެވޭ ގޮތަށް ގެނެވޭ ބަދަލާ އެކު އެފަދަ އާއިލާ ތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އެެއީ ގެނެވޭ ބޮޑު ބަދަލެއް ކަމަށާއި، އަދި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާއަށް ގޯތި ގެދޮރު ލިބިގެންދާނެ ކަމަށާއި މިއީ ބިންވެރި ކުރުވުމާއެކު، ކުރަން އެންމެ އިސްކަމެއް ދީގެން ކުރާނެ އެއްކަންތައް ކަމުގައި ރައީސް ވިދާޅުވި އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް