ads
އެސްޑީއެފްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ފަންނުވެރިންނަށާއި ޓެކްސީ ޑްރައިވަރުންނަށް ހާއްސަކޮށް ލޯނުތަކެއް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:އެސްޑީއެފްސީ
ފަންނުވެރިންނަށާއި ޓެކްސީ ޑްރައިވަރުންނަށް ހާއްސަކޮށް އެސްޑީއެފްސީން ލޯނުތަކެއް
ފަންނުވެރިންނަށާއި ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނުތަކެއް ތައާރަފުކޮށްފިއެވެ.
Advertisement

އަލަށް ތައާރަފުކުރާ ދެ ލޯނާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޑީއެފްސީގެ ސީއޯއޯ ނާޒިމް ހަބީބު ވިދާޅުވީ މި ދެ ލޯނު ފަރުމާކުރުމުގެ މަސައްކަތަކީ މީގެ ދެތިން އަހަރު ކުރިން ފެށި މަސައްކަތެއް ކަމަށެވެ. ކްރިއޭޓިވް އާޓްސް ލޯނަކީ ކްރިއޭޓިވް އާޓްސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ތައާރަފުކުރާ ލޯނެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކްރިއޭޓިވް އާޓްސް ލޯން:

  • ލޯނުގެ އަދަދު: 50،000 - 250،000 ރުފިޔާ
  • އިންޓްރެސްޓް ރޭޓް: 6 - 8 އިންސައްތަ
  • ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ
  • ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން ލިބޭނީ ފަސް އަހަރު

ލޯނުގެ ޝަރުތުތައް:

  • އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގައި އާޓިސްޓެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވުން
  • ކްރިއޭޓިވް އާޓްސް ދާއިރާގައި މަދުވެގެން އެއް އަހަރު މަސައްކަތް ކޮށްފައިވުން އަދި އެކަން ސާބިތުކޮށްދިނުން
  • މަސައްކަތް ކުރާކަން ކަށަވަރު ކުރާނީ ތަޖުރިބާ އާއި ސޯޝަލް މީޑިއާ ޕްރެސެންސް އަދި ޕްރޮޖެކްޓުތަކުގެ ލިޔެކިޔުންތަކަށް ބަލާނެ
  • ލޯނުގެ ގޮތުގައި ނެގޭ އަދަދު ކަނޑައަޅާނީ ހުށަހަޅާ މީހާގެ އާމްދަނީއަށް ބެލުމަށް ފަހު، ކޯ-ބޮރޮވާއެއް ހުށަހެޅުމުން އެ ލިމިޓަށް ވުރެ ބޮޑުކޮށް ނެގޭނެ

ޓެކްސީ ލޯން:

ޓެކްސީ ލޯނު ދޫކުރުމަށް ނިންމާފައިވަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ އަމިއްލަ ޓެކްސީއެއް އޮތް ނަމަވެސް ޓެކްސީ ބާވެ، އާ ޓެކްސީއަކަށް ބަދަލު ނުކުރެވިފައި ތިބޭ ފަރާތްތަކުގެ ބަޔާއި އަމިއްލަ ޓެކްސީއެއް ނެތް ޓެކްސީ ޑްރައިވަރުންގެ ބައެވެ.

  • ލޯނުގެ އަދަދު: ގިނަވެގެން 300،000 ރުފިޔާ
  • އިންޓްރެސްޓް ރޭޓް: 6 - 8 އިންސައްތަ
  • އެއްވެސް ކޮލެޓްރަލްއެއް ހުށަހަޅަން ނުޖެހޭނެ އަދި އިކުއިޓީއެއް ބޭނުމެއް ނުވާނެ
  • ގަންނަ ޓެކްސީ އެސްޑީއެފްސީން މޯގޭޖު ކުރާނެ
  • ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ
  • ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް

ލޯނުގެ ޝަރުތުތައް:

  • ޓެކްސީ ރިޕްލޭސްމަންޓް ބައިން ލޯނަށް އެދެވޭނީ 10 އަހަރުވެފައިވާ ޓެކްސީއެއް ބަދަލުކުރަން
  • އަމިއްލަ ޓެކްސީއެއް ނެތް ޑްރައިވަރުން ފާއިތުވެ ދިޔަ އެއް އަހަރު (މަދުވެގެން) ޓެކްސީ މަސައްކަތް ކުރާކަން ސާބިތުކޮށްދޭން ޖެހޭ
  • މި ލޯނު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓެކްސީ ކުރަން ކާރު ގަތުމަށް

ކްރިއޭޓިވް އާޓްސް ލޯނާއި ޓެކްސީ ލޯނަށް އެދުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، ލޯނާ ބެހޭ އިތުރު މައުލޫމާތު އެސްޑީއެފްސީގެ ވެބްސައިޓާއި ޕޯޓަލްގައި އެ ދުވަހު އާންމުކުރާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް