ދިވެހި އިންޑަސްޓްރީގެ މަޝްހޫރު ފަންނާނު ޝީލާ ނަޖީބު ބުރުގާ އަޅައިފިއެވެ.

Advertisement
ދިވެހި އިންޑަސްޓްރީގެ މަޝްހޫރު ފަންނާނު ޝީލާ ނަޖީބު ބުރުގާ އަޅައިފިއެވެ.
ޝީލަ ބުނގޮތުގައި ބުރުގާ އެޅުން އެއީ އުމުރާގައި ހުރެ އަމިއްލައަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި ހަޔާތަށް މިއައި ބަދަލަކީ އުފާވެެރި އަދި ހިތްހަމަޖެހުން އަބަދުވެސް ލިބޭނެ ބަދަލެއް ކަމަށް ޝީލާ ވަނީ ބުނެފައެވެ.
ޝީލާ ބުރުގާ އެޅި ހަބަރާއެކު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އޭނާ ފިލްމީ ދާއިރާއިން ފެންނާނެތޯ ކަން ޔަގީނެއެވެ. އެކަމާ ގުޅިގެން ޝީލާ އަދި ޖަވާބެއް ދީފައެއް ނުވެއެވެ.
ޝީލާ އުމުރާއަށް ގޮސްފައިވަނީ މިމަހުގެ ކުރީކޮޅެވެ. ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ޝީލާ އެންމެ ފަހުން ފެނިގެންދިޔައީ "އަނދިރިކަން" މިފިލްމުންނެވެ.