މިގޮތުން މިއަދު ހަވީރު ހިންނަވަރަށް ވަޑައިގަތުމުން ހުރިހާ އުމުރުފުރާއަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން ނުކުމެފައެވެ.
ރައީސް ސޯލިހުގެ ކެމްޕޭނު ޓީމުގެ އޮފިޝަލަކު ވިދާޅުވީ އެރަށުގެ އާބާދީގެ 90 ޕަސަންޓު މީހުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތްކަމަށެވެ.
ރައީސް ސޯލިހު އެރަށުގައި 40 ވަރަކަށް މިނެޓު ހޭދަކުރެއްވިއެވެ.
ރަށުގެ ގިނަބަޔަކުވަނީ ރައީސް ސޯލިހަށް މަރުހަބާ ދަންނަވައި ދެ ވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވުމަށް ވޯޓު ދޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށް ވެސް ކެމްޕޭނު ޓީމުގެ އޮފިޝަލް މިއަދު ބުންޏެވެ.
ރައީސް ސޯލިހަށް ގިނަބަޔަކު ތާއީދުކޮށް މަރުހަބާ ދަންނަވަން މިއަދު އެމަނިކުފާނުގެ އުފަން ރަށުން ނުކުތްއިރު، އެމަނިކުފާނު ވަނީ ހިންނަވަރު ދާއިރާގެ މެންބަރުކަންވެސް 25 އަހަރު ކުރައްވާފައެވެ.