ފައިނަލުން ފަޒީލް ޖާގަ ހޯދީ އޭނާ ދުވި ހީޓުގެ ގަދަ ތިން ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. ކުޑަރިޒާ ފައިނަލަށް ދަތުރުކުރީ އޭނާ ދުވި ހީޓުން ހަތަރު ވަނަ ލިބުނު ނަމަވެސް ޓައިމިން އަށް ބަލައިގެން ފައިނަލުން ފުރުސަތު ލިބުނު ދެ ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ.
ހަތް ދުވުންތެރިން ވާދަކުރި ހީޓުގެ ހަތަރު ވަނަ އަށް ކުޑަރިޒާ ދިޔައީ ވާދަވެރި ރޭހަކަށްފަހުގަ އެވެ. އޭނާ ރޭސް ނިންމީ އެއް މިނެޓު 55.14 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރިޒާ އާއި ފަޒީލް ވާދަކުރާ 800 މީޓަރު ދުވުމުގެ ފައިނަލް ހީޓު އޮންނާނީ މާދަމާ އެވެ.