ads
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: ރިލްވާން މޫސާ
ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިނީ ގޯސްކޮށް: އިދިކޮޅު
ގދ. ތިނަދޫ އަކީ ސިޓީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރޭ ކަނޑައެޅުއްވީ ގާނޫނީ ގޯސްތަކެއްގެ ތެރެއިން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
Advertisement

ނޫސްވެރިންނާއި ބައްދަލުކުރައްވައި އިދިކޮޅު ކޯލިޝަނުގެ ކެންޕޭނު ތަރުޖަމާނު މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅު ވެގެން ކޮންމެ ތަނަކަށް ސިޓީއެއްގެ ދަރަޖަ ނުދެވޭނެ ކަމަށެވެ. 

ތޮލާލް ވިދާޅުވީ ސިޓީއެއްގެ ދަރައިގެ ގޮތުގައި ގދ ތިނަދޫ ހަމަޖެއްވީ ގާނޫނާއި ހިލާފަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ސިޓީއެއްގެ ދަރައިގެ އެންމެ އަސާސީ އެއް ޝަރުތުވެސް ހަމަނުވާ ކަމަށެވެ. 

ތޮލާލް ވިދާޅުވީ ތިނަދޫގައި އަދި 8،000 މީހުން ހަމަ ނުވާ ކަމަށެވެ. އެގޮތުން ތިނަދޫ ކައުންސިލް މެދުވެރިކޮށް 10،000 މީހުންގެ ލިސްޓެއް ގެނައި އިރު، އެ ލިސްޓުގައި ގިނަ ބަޔަކު ރިޕީޓުވެފައި ތިބިކަމަށާއި، އަދި ރަށުގައި ނޫޅޭ ގިނަ މީހުން ތިބިކަމަށެވެ. 

"ތިނަދޫގައި [ސިޓީއެއްގެ] އެންމެ އަސާސީ ޝަރުތުކަމުގައިވާ، އާބާދީ 10،000 މީހުން ހަމަ ނުވަނީސް ގާނޫނާ ޚިލާފަށް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވި ދެއްވުން އެއީ ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލައިގެން ވަރަށް ބޮޑު މަކަރާ ހީލަތުގެ ތެރެއިން ކޮށްފައި އޮތް ކަމަކަށް ވާތީ، އެވާހަކަ ހަމަ އަޅުގަނޑު ދަންނަވާލީ" ތޮލާލް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ގދ ތިނަދޫ އަށް ވަޑައިގެން އެރަށުގެ ރަށްޔިތުންނާއި، ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ވައުދުވެފަ އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެކިއެކި ކެންޑިޑޭޓުން ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެކިއެކި ވައުދުތައް ވެއްލައްވަމުން އަންނައިރު ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވެސް ދާދި ފަހުން ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ގދ ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް